އޭދަފުށީގެ މަގުތައް ނިންމަން އަނެއްކާވެސް އާ ތާރީޚެއް

DSCN2014-2.jpg

އޭދަފުށީގެ 17 މަގުގައި ތާރު އަޅައި ތަރައްގީކުރުމަށް 2014 ވަނަ އަހަރު ސަރުކާރުން ފެށި މަސައްކަތް ނުނިމި ދިގުލައިގެން ގޮސް އެކިފަހަރު އެކި ތާރީޚު ދެމުން އައިސް އެންމެފަހުން އަނެއްކާވެސް އާ ތާރީޚެއް ދީފި އެވެ.

މި ސަރުކާރުން އޭދަފުށީގެ މަގު ހެދުމުގެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީ އަށެވެ. އެމްޓީސީސީއަށް އެ މަސައްކަތް ހަވާލުކުރި އިރު، މަގުތަކުގެ މަސައްކަތްއޮތީ ދެފަރާތުގައި ޕޭމަންޓު ހަދައި ތާރުއެޅުމަށް ތައްޔާރުވެފައެވެ.

ބ. އަތޮޅުގައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މަސައްކަތް ބައްލަވައިލެއްްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ދަތުރުގައި އޭދަފުއްޓަށް ވަޑައިގެން މީޑިއާތަކަށް މައުލޫމާތުދެއްވަމުން އާޒިމް ވިދާޅުވީ އޭދަފުށީގެ މަގުތަކުގައި ރަނގަޅުކުރަން ހުރި މަސައްކަތްތައް ކުރިއަށްއޮތް ދެ މަސްދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށެވެ.

”އެމްޓީސީސީން މަސައްކަތެއް ކުރާ އިރު، ހާއްސަކޮށް މަގުގެ މަސައްކަތެއް ކުރާއިރު ބަލަނީ ރައްޔިތުންނަށް ވީހާވެސް ތަކުލީފު ކުޑަކޮށް މަސައްކަތް ރާވައިގެން ކުރިއަށްގެންދަން. އިރާދަކުރެއްވިއްޔާ ދެ މަސްތެރޭ މި މަސައްކަތް ނިންމާލެވޭނެ،“ އާޒިމް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top