ނޭމާ އެންޖަރީވެ ބްރެޒިލް ހިތްހަލާކުވެއްޖެ

ރޭގެ މެޗްގައި ނޭމާއަށް އަނިޔާވެފައި. މިވޯލްޑްކަޕްގައި އޭނާއަށް ދެން ނުކުޅެވޭނެކަމަށް ޑޮކްޓަރުން ބުނޭ / ފޮޓޯ: އިންޓަނެޓް

ރޭގެ މެޗްގައި ނޭމާއަށް އަނިޔާވެފައި. މިވޯލްޑްކަޕްގައި އޭނާއަށް ދެން ނުކުޅެވޭނެކަމަށް ޑޮކްޓަރުން ބުނޭ / ފޮޓޯ: އިންޓަނެޓް

އަނިޔާގެ ސަބަބުން ބްރެޒިލްގެ ފޯވަޑް ނޭމާ އަށް ވޯލްޑް ކަޕުގައި ދެން ނުކުޅެވޭނެ ކަމަށް ޓީމުގެ ޑޮކްޓަރުން ބުނެފި އެވެ.

ކޮލަމްބިއާ އަތުން 2-1އިން މޮޅުވެ، ބްރެޒިލް ސެމީ އަށް ދަތުރުކުރި މެޗުގައި ނޭމާގެ ބުރަކައްޓަށް ވަނީ އަނިޔާވެފަ އެވެ. އެއީ ކޮލަމްބިއަގެ ހުއާން ޒުނިގާ ކުރި ފައުލަކާ ގުޅިގެންނެވެ. މިހެންވެ އަށިގަނޑުގައި ދަނޑުން ބާލައި އޭނަ ގެންދިޔައީ ހޮސްޕިޓަލަށެވެ. އަދި ހޮސްޕިޓަލުގައި ހެދި ޓެސްޓުތަކުން އޭނާގެ ބުރަކަށީގައި ރެނދެއްލާފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.

ބްރެޒިލް ޓީމުގެ ސީނިއާ ޑޮކްޓަރު އެ ގައުމުގެ ގައުމީ ޓީވީގައި ވާހަކަ ދައްކަމުން ބުނީ ނޭމާ އަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކަމަށާއި ކުޅުންތެރިޔާ މުޅިން ފިޓްވާން ދުވަސްތަކެއް ނަގާނެ ކަމަށެވެ.

“އޭނާ އަށް ދެން (ނަސީބު ދެރަކަމުން) ވޯލްޑް ކަޕުގައި ނުކުޅެވޭނެ. މިއީ ސީރިއަސް އަނިޔާއެއްނޫން. އޮޕަރޭޝަން ކުރާކަށް ވެސް ނުޖެހޭ. އެކަމަކު މުޅިން ރަނގަޅުވާން ދުވަސްކޮޅެއް ނަގާނެ. މަދުވެގެން ހަތަރު ހަފުތާވަރު ވެދާނެ. އެކަމަކު ރިކަވާނެ ވާނެ ދުވަސް އެނގޭނީ އިތުރު ޓެސްޓުތަކަށް ފަހު” ޓީމުގެ ޑޮކްޓަރު ރޮޑްރިގޯ ލަސްމާ ބުންޏެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކޮލަމްބިއާގެ ޒުނިގާ ބުނީ އޭނާ ފައުލްކުރީ ނޭމާ އަށް އަނިޔާކުރާކަށްނޫން ކަމަށެވެ.

“އެއްވެސް ކުޅުންތެރިއަކު ހަލާކުކޮށްލަން އަހަރެން ނުކުޅެން. އަހަރެން މަސައްކަތްކުރީ އަހަރެންގެ ގައުމަށްޓަކައި. އެ ފައުލަކީ އާދައިގެ ފައުލެއް. އަހަރެންގެ ވަކި އެދުމެއް އޮވެގެނެއްނޫން އެ ފައުލްކުރީ،” މެޗަށް ފަހު ޒުނިގާ ބުންޏެވެ.

މެޗަށް ފަހު ބްރެޒިލްގެ ކޯޗު ލުއިސް ފިލިޕޭ ސްކޮލާރީ ވެސް ވަނީ ނޭމާ އަށް ކުރިއަށް އޮތް މެޗުގައި ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށްބުނެފަ އެވެ.

ބާސެލޯނާ އަށް ކުޅޭ ނޭމާ ނެތުމަކީ ބްރެޒިލްގެ މުޅި ޓީމު “މަރުވުން” ފަދަ ކަމެއް ކަމަށް ވެސް ގިނަ މީހުން ބުނެ އެވެ. އެއީ ޓީމުގެ ކުރީގައި ތިބި ގިނަ ކުޅުންތެރިންގެ ފުށުން ހަރަކާތްތެރި އަދި ގޯލާ ރައްޓެހި ގޮތެއްނުފެންނާތީ އެވެ.

ނޭމާ އަށް އަނިޔާވިއިރު ކުރިއަށް އޮތް ސެމީ ފައިނަލް މެޗުގައި ދެ ރީނދޫ ކާޑުގެ ސަބަބުން ކެޕްޓަން ތިއާގޯ ސިލްވާ އަށް ވެސް ނުކުޅެވޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top