”މާލެ“ ގެ ބަދަލުގައި ”ކ.މާލެ“ ލިޔުމާއި ިކިޔުންވެސް ގާނޫނު އަސާސީ އާ ޚިލާފު ކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ވަޒީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށަކީ ”މާލެ“ ކަމަށާއި ގާނޫނުއަސާސީ ގައި ވެރިކަންކުރާ ރަށަކީ ކ.މާލެ ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ.
އަދި، ސަރުކާރުގެ ރަސްމީ ގިނަ ލިޔުންތަކުގައިވެސް ”ކ.މާލެ“ ލިޔެފައެއް ނުހުންނަ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން “ކ. މާލެ” ލިޔުމަކީ އަދި ކިޔުމަކީ ވެސް ގާނޫނު އަސާސީގައި އޮންނަ ގޮތާއި ހިލާފަށް ކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި މިހާރަކަށް އައިސް “ކ. މާލެ” ލިޔުމާއި ކިއުން އިތުރުވަމުން އަންނަ ކަމަށާއި މިއީ ކުޑަކަމެއް ނޫން ކަމަށް ވިދާޅުވެ އެކަންރަނގަޅު ކުރަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.