މާލޭގައި ރޯގާއެއް ފެތުރި ހޮސްޕިޓަލްތައް ފުރިއްޖެ!

IGMH-scaled-ppz76pc85uj82nhqvsdesadhba4026pmm9uq4i4cd0.jpg

ރެއިން ފެށިގެން މާލޭގައި އާދަޔާ ޚލާފަށް ހޮޑާއި ބޭރަށް ހިންގުން ފެތުރި މާލެ ސަރަހައްދުގެ މައި ހޮސްޕިޓަލްތައް ފުރިއްޖެ އެވެ.

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި އޭޑީކޭ ހޮސްޕިޓަލުން އިއްޔެ އިން ފެށިގެން ޑޮކްޓަރަށް ދައްކާ ކުދިން އިތުރުވެ ހޮސްޕިޓަލްތަކުގެ އެމަޖެންސީ ރޫމް ފުރިފައިވާތީ ފަރުވާ ދިނުމަށް ހާއްސަަ އިންތިޒާމުތަކެއް މިހާރުދަނީ ހަމަޖައްސަމުންނެވެ.

ހެލްތް މިނިސްޓްރީން ބުނީ މާލޭގައި ހޮޑުލުމާއި ބޭރަށް ހިންގުން ކުއްލި ގޮތަކަށް އާންމު ވުމާއި ގުޅިގެން، އޭގެ ސަބަބުން، ކަމާއި ގުޅުންހުރި މުވައްސަސާތަކާއި ގުޅިގެން ބަލަމުންދާ ކަމަށާއި މާލޭގައި ކުއްލި ގޮތަކަށް ހޮޑުލުމާއި ބޭރަށް ހިންގު އާންމެ ވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމުގައެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ ޑރ ނިޔާފު ވިދާޅުވި ގޮތުގައި ހޮޑާއި ބޭރަށް ހިންގުން އިތުރުވެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން އޭޑީކޭގެ އިމަރޖެންސީއަށް ރެއިން ފެށިގެން އަންނަނީ ދައްކަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top