މައި ޕްރީސްކޫލް އަދި އެލްއެލްސީގެ ކިޔެވުން ފެށޭނީ ފެބުރުވަރީ 4 ގައި

11412388_827637297318918_8199334797603316569_n.jpg

އޭދަފުށީ ޕްރީސްކޫލް ކުދިންތައެއް ބެލެނިވެރިންނާއެކު ޖަލްސާއެއްގައި. މައި ޕްރީ ސްކޫލް އަދި އެލްއެލްސީގެ ކިޔެވުން ފެށޭނީ އަންނަމަހު 4 ގައި / ފޮޓޯ: ބަހިއްޔާ ފޭސްބުކް

މިއަހަރު އޭދަފުށީގައި އަލަށް ކިޔަވައިދޭން ފަށާ މައި ފްރީ ސްކޫލް އަދި ލޭންގްއޭޖް ލާނިންގް ސެންޓަރުގެ ކިޔެވުން ފެބުރުވަރީ 4 ގައި ފެށުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެދެމަރުކަޒުން ބުނެފިއެވެ.

މައި ޕްރީ ސްކޫލަކީ ކުރިން އޭދަފުށިގައި ޕްރީސްކޫލް ތައުލީމް ދެމުން އައި ބަހިއްޔާ ޕްރީ ސްކޫލްގެ ބަދަލުގައި މިއަހަރު ޕްރީ ސްކޫލް ތައުލީމް އޭދަފުށީގައި ދިނުމަށް ހަމަޖެހިފައިވާ މަރުކަޒެވެ. އޭދަފުށީ ކައުންސިލުން ބުނީ މައިޕްރީ ސްކޫލް ހިންގަން ހަވާލުކޮށްފައިވަނީ މައިކޮލެޖާ ކަމަށެވެ.

މައިކޮލެޖް އޭދަފުށީ ބްރާންޗުގެ އިސްއޮފިޝަލް އިފާޝާ އަބްދުއްރަހީމް ވިދާޅުވީ ދިރާސީ އަހަރާއެކު މައި ޕްރީ ސްކޫލްގެ ކިޔެވުން ނުފެށުނީ ކިޔެވުން ފެށުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ނުނިމޭތީކަމަށެވެ. އޭނާ ވިދާޅުވީ އެސްކޫލަށް ބޭނުންވާ ޓީޗަރުން މިހާރު ހަމަޖެހިފައިވާކަމަށާ، މިވަގުތު ކުރިޔަށްދަނީ ޔުނީފޯމް ހަމަޖެއްސުމާއި، އިތުރު ތައްޔާރީތައް ކަމަށެވެ.

“ބެލެނިވެރިންނާއެކު މިރޭ އަޅުގަނޑުމެން އެބަ ބައްދަލުކުރަން ޔުނީފޯމް ކަންކަން ނިންމާ ފައިނަލް ކޮށް އިތުރު މަޝްވަރާތަކަށް. ޑިޕްލޮމާ ފެންވަރުގެ ޓީޗަރުން އަޅުގަނޑުމެން މިހާރުމިވަނީ ހަމަޖައްސާފައި. އެހެންވީމާ ޓާގެޓް ކުރަނީ 4 ފެބުރުވަރީއަށް” އިފާޝާ ވިދާޅުވިއެވެ.

ލޭންގްއޭޖް ލާނިންގް ސެންޓަރު (އެލްއެލްސީ) އަކީ ހުރިހާ އުމުރެއްގެ ދަރިވަރުންނަށް އިނގެރޭސި ބަސް އިންޓަނޭޝަނަލް ފެންވަރުގައި ކިޔަވައިދޭ ސެންޓަރެކެވެ. އެ ސެންޓަރުން ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވަނީ ރާއްޖޭއިން ބޭރުގެ މުދައްރިސުންނެވެ. މިސެންޓަރަކީވެސް މިއަހަރު އޭދަފުށީގައި އަލަށް ކިޔަވައިދޭން ފަށާ ސެންޓަރެކެވެ.

އެލްއެލްސީގެ އޮފިޝަލަކު އީވީއަށް ވިދާޅުވީ އެސެންޓަރަށް އޭދަފުށިން ވަރަށްބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށާ، ކްލާސްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފެށިފައިވާކަމަށެވެ. އޭނާ ވިދާޅުވީ އެސެންޓަރުގައި ކިޔަވައިދޭނީ ފެންވަރު ރަނގަޅު ބިދޭސީ ޓީޗަރުންކަމަށެވެ.

“ފެބްރުއަރީ ހަތަރަކަށް ކްލާސްތައް ފެށުން ޓާގެޓަކީ. މިހާރު މިވަނީ އެޕްލައި ކުރި ކުދިންގެ ފެންވަރު ބެލުމުގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމުމަކަށް އައިސްފައި. ކްލާސްރޫމްތައް ތައްޔާރުކުރުމާ، ޓީޗަރުން އެކަމަޑޭޓް ކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު މިދަނީ” އޮފިޝަލް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top