އިންޑިޔާއަށް ދަތުރުކުރާ މީހުން ކަރަންޓީނުކުރަން ނިންމައިފި

COvid-India-Copy-2.jpg

ކޮންޓްރޯލެއް ނެތި އިންޑިއާގައި ކޮވިޑް19 އާއި ކޮވިޑްގެ އާ ވޭރިއެންޓް ހަލުވިކަމާއެކު ފެތުރެމުން ދާތީ އަންނަ އަންގާރަ ދުވަހުން ފެށިގެން އިންޑިޔާއަށް އެތެރެވާ އެންމެން ވެސް ކަރަންޓީނު ވާންޖެހޭ ގޮޮތަށް އެގައުމުން ނިންމައިފި އެވެ.

އަންނަ އަންގާރަ ދުވަހުން ފެށިގެން އަމަލުކުރަން ނިންމާފައިވާ އާ އުސޫލުގައިވާގޮތުން އެ ގައުމަށް އެތެރެވާ ބައިނަލްއަގްވާމީ ދަތުރުވެރިން ހަތް ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ. އަދި އަށްވަނަ ދުވަހު ކޮވިޑަށް ޓެސްޓު ކުރާނެއެވެ.

އާ އުސޫލުގައިވާގޮތުން، ހުރިހާ ފަސިންޖަރުން ވެސް ހަތް ދުވަސް ވަންދެން ގޭގައި އެކަހެރިކުރުމަށް ފަހު އާރްޓީ- ޕީސީއާރު ޓެސްޓެއް ހަދަން ޖެހެއެވެ. އެޓެސްޓުން ކޮވިޑަށް ފައްސި ވެއްޖެނަމަ އައިސޮލޭޝަން ފެސިލިޓީއަކަށް ފޮނުވައި އެމީހުންގެ ސުންކު ޖެނޯމް ޓެސްޓް ކުރުމަށް ފޮނުވާނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

އެ ޓެސްޓު ނައްސިވި ފަސިންޖަރުން “ހަތް ދުވަހު އެމީހުންގެ ސިއްހަތު އިތުރަށް އަމިއްލަ މޮނިޓާ ކުރަން ވާނެ” ކަމަށް ވެސް އެ އުސޫލު ގައި ބުނެފައިވެއެވެ.

އިންޑިއާއިން ވަނީ، އެ ގައުމަށް އެތެރެވާ ގައުމުތަކުގެ މީހުންގެ “ހިރާސް ލިސްޓެއް” ހަދާފައެވެ. އެ ލިސްޓް މިހާރު 19 އަށް އަރާފައި ވެއެވެ. އެ ގައުމުތަކުގެ މީހުން އިންޑިއާއަށް އެތެެރެވާއިރު ވަގުތުން ކޮވިޑަށް ޓެސްޓު ކުރަން ޖެހޭނެެއެވެ.

އަދި އެ ލިސްޓްގައި ނެތް ގައުމުތަކަށް ނިސްބަތްވާ މީހުން އިންޑިއާއަށް އެތެރެވާއިރު، ވަކި ތަރުތީބެއް ނެތި ސުންކު ނަގާނެއެވެ.

މީގެ އިތުރުން ދަތުރުކުރާ އެންމެންވެސް 72 ގަޑިއިރު ނުވާ ނައްސި ޕީސީއާރް ނަތީޖާ ދައްކަން ޖެހެއެވެ.

އިންޑިޔާއިން އިއްޔެ އެކަނިވެސް 1،17،100 މީހަކު އަލަށް ކޮވިޑަށް ފައްސިވެފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހަށް ފަހު އެއްދުވަހާ މިއެންމެ ގިނައިން ކޭސްތައް ރިޕޯޓް ކުރެވުނު ފުރަތަމަ ފަހަރެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top