އޯލެވެލް އިމްތިހާނު ފަށައިފި

C5fPxQxUwAEhPUR.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް

މުޅިރާއްޖެ ހިމެނޭ ގޮތަށް މިއަހަރުގެ އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނު މިއަދު ފަށައިފިއެވެ.

ހަތް ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު ރާއްޖޭގެ 194 ސްކޫލެއްގައި މި އިމްތިހާނު ކުރިއަށް ދާއިރު އަމިއްލަ ސެންޓަރުތަކުންވެސް މި އިމްތިހާނުގައި ވަނީ ބައިވެރިވެފަ އެވެ.

މި އަންނަ ނޮވެމްބަރު މަހުގެ 12ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ  މިއިމްތިހާނުގައި މިއަދު އޮތީ އިސްލާމް ޓެސްޓެވެ.

އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ ދަރިވަރުން ހޯދަމުން އަންނަ ނަތިޖާ އަށް ބަލާއިރު އަހަރުން އަހަރަށް ދަރިވަރުން ނަތީޖާ ރަނގަޅު ވަމުން އަންނަ ކަން ފާހަގަ ކުރެވެ އެވެ.

އޯލެވެލް އިމްތިހާނު މިއަދު ފަށާފައިވާ އިރު އޭލެވެލް އިމްތިހާނު ވެސް އަންނަ މަހުގެ ހަ ވަނަ ދުވަހު ފަށާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top