އޭދަފުށިން ކޮވިޑް ބަލީގެ މީހަކު ނުފެނި ތިން ދުވަސް

186510280_1960538134100152_5244587081426646455_n.jpg

ފޮޓޯ : ބ.އަތޮޅު ހޮސްޕިޓަލް

މިދިޔަ އެޕްރީލް މަހުގެ 19 ވަނަ ދުވަހު އޭދަފުށީން ކޮވިޑް ރޯގާ ފެނިގެން ރަށް މޮނިޓަރިން އަށް ލާފައި އޮންނަތާ ދެމަސް ވާން ކައިރި ވެފައިވާއިރު ފަހަކަށް އައިސް އަލަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދުވެސް ވަނީ ދަށް ވާން ފަށާފައެވެ.  އެގޮތުން ވޭތުވެ ދިޔަ ތިންދުވަހު އޭދަފުށިން ކޮވިޑްގެ އެންމެ މީހަކުވެސް ނުފެންނަ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އަތޮޅު ހޮސްޕިޓަލުން ކޮންމެރެއަކު އާއްމު ކުރާ ކޮވިޑް ރިޕޯޓްގައިވާ ގޮތުން ރޭގެ 10 ޖެހުމާ ހަމައަށް އޭދަފުށިން ކޮވިޑްރޯގާ ޖެހުނު 287 މީހުންގެ ތެރެއިން މިހާރުވަނީ 259 މީހުން ރަނގަޅުވެފައެވެ.  އެހެންކަމުން މިވަގުތު ޕޮޒިޓިވް ކޭސް ގެ އަދަދަކީ 24 އެވެ.

މިހާތަނަށް 2354 މީހުންގެ ސާމްޕަލް ނަގާފައިވާއިރު 79 މީހުންގެ ނަތީޖާ އަދި ނުލިބެ އެވެ.

އޭދަފުށީގެ އިތުރުން ބ.އަތޮޅުން ކަރަންޓީނުގައި މިވަގުތު އޮތީ ކެންދޫ އާއި ތުޅާދުއެވެ.

ރާއްޖޭގެ ކޮވިޑް ގެ ހާލަތަށް ބަލާއިރު އިއްޔެގެ ނިޔަލަށް ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ  67،950 އަށް އަރާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top