މަރާމާތަށް ބޭނުންވެފައިވާ އޭދަފުށީގެ ފުޓްސަލް ދަނޑު، މެދު ސައިޒްގެ ދަނޑަކަށް ބޮޑުކުރުމުގެ މަސައްކަތް އެކް ހާޑްވެއާ އާއި ހަވާލުކޮށްފި އެވެ.
އޭދަފުށީ ކައުންސިލް އިދާރާގައި މިދިޔަ އަންގާރަ ދުވަހު މި ކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައި އޭދަފުށީ ކައުންސިލްުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހެވެ. އެކް ހާޑްވެއާގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ވެރިޔާ، އަބްދުﷲ އިމާދެވެ.
350000 ރުފިޔާ އަށް ހަވާލު ކުރި މިމަސަައްކަތް 85 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
އޭދަފުށީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ޓާފް ދަނޑުގެ މަސައްކަތް ނިމޭއިރު ބަދަލު ވެގެންދާނީ މެދު ސައިޒުގެ ދަނޑަކަށެވެ. އެއާއެކު އެ ދަނޑުގައި މިހާރު އަޅާފައި އޮތް މެޓް ނަގައި ޓާފަށް ބަދަލުކުރާނެ އެވެ.
އެ ދަނޑުގައި އަޅަން ބޭނުންވާ ޓާފް، މިދިޔަ އަހަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ހަދިޔާ ކުރައްވާފަ އެވެ. އަދި ޓާފް އެޅުމުގެ ހުރިހާ ހަރަދެއްވެސް ކުރެއްވުމަށް އެމްޕީސަލީމް ނިންމަވާފައިވެ އެވެ.