”ރެޑްވޭވް“ ގެ ނަމުގައި ފޭކް ޕްރޮމޯޝަނެއް

l_2020_04_09_031240_6px134hmzwib97f2r8tjcydvlsna5ouekgq_EN_.jpg

ރެދްވޭވްގެ ފިހާރައަކުން ބަޔަކު ވިޔަފާރި ކުރަނީ

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ޗެއިން ”ރެޑްވޭވް”ގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ ބޮޑު “ސްކޭމް” އެއް އޮންލައިންކޮށް ކުރިއަށް ގެންދާތީ އެކަމަށް ސަމާލުވާން އެ ކުންފުނިން އެދެފި އެވެ

ރެޑްވޭވް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީގެ ނަމުގައި އޮޅުވާލައިގެން ކުރިއަށް ގެންދާ އެ ހަރަކާތުގެ ލިންކް ޝެއާ ނުކުރުން އެދޭ ކަމަށެވެ.

”…ރެޑްވޭވް އިން ކުރިއަށް ގެންދާ ހުރިހާ ޕްރޮމޯޝަނެއްގެ މައުލޫމާތު މިކުންފުނީގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކުރެވިގެންދާނޭ ކަމުގައި ދަންނަވަމެވެ،“ ރެޑްވޭވްގެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭގެ މަޝްހޫރު ބައެއް އެހެން ވިޔަފާރިތަކުގެ ނަމުގައި ވެސް މީގެ ކުރިން އެފަދަ އޮޅުވައިލުންތައް ހިންގާފައި ވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top