ގްރޫޕް ތަކުގެ އެއްވަނައިގެ ގޮތުގައި އޭދަފުށި ސެމީއަށް ދަތުރުކޮށްފި

viber-image2222.jpg

ގައުމީ ބެޑްމިންޓަން މުބާރާތުގައި އިއްޔެ އޭދަފުށި ކުޅުނު މެޗެެއް ފެށުމުގެ ކުރިން - ފޮޓޯ :އިކްރާމް -

ގައުމީ ބެޑްމިންޓަން މުބާރާތުގައި އިއްޔެ ކުޅެވުނު ސެކަންޑްޑިވިޜަން ގެ މެޗާއި އަތޮޅު ލީގުގެ މެޗް އޭދަފުށި ކާމިޔާބު ކުރުމުން ދެ ގްރޫޕުންވެސް އެއްވަނަ ޓީމްގެ ގޮތުގައި އޭދަފުށި ސެމީއަށް ދަތުރު ކޮށްފިއެވެ.

ސެކަންޑްޑިވިރަންގެ ބައިން އިއްޔެ ހަވީރު ، ކީން ސްޕޯޓްސް ކްްލަބް އާއި ވާދަކޮށް އޭދަފުށި މޮޅުވެފައިވަނީ 5-0 އިންނެވެ. އަދި އަތޮޅު ލީގުގައި އޭދަފުށި ވަނީ ހދ.ބީޑީސީ އާއި ވާދަކޮށްގެން 5-0ގެ ނަތީޖާ އިން މެޗް ކާމިޔާބު ކޮށްފައެވެ.

ސެމީ ފައިނަލްގެ މެޗްތައް މިއަދު ކުޅެންހަމަޖެހިފައިވާ އިރު ސެކަންޑް ޑިވިޜަންގައި އޭދަފުށި ވާދަކުރާނީ ސީއެސް ސްޕޯޓްސް އާއެވެ. މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ.

އަތޮޅު ލީގުގައި ހޮޅުދޫ ބީޑީސީއާއި ވާދަކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8 ޖަހާއިރުއެވެ.  މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކުޅިވަރު އެކުވެނީގެ އިންޑޯ ބެޑްމިންޓަން ކޯޓު ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top