ސޮނެވާ ބަލިކޮށް ދުސިތު ސެމީއާ ގާތަށް ޖެހިލައިފި

DSCN3352.jpg

ސޮނެވާއާއި ދުސިތު ބައްދަލު ކުރި މެޗް -ފޮޓޯ :އީވީ

އޭދަފުށީ ޒުވާނުންގެ ކްލަބްގެ ފަރާތުން އޭދަފުށީގައި ކުރިއަށް ގެންދާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ސޮނެވާފުއްޓާއި ދުސިތު ތާނީ ބައްދަލު ކުރި މެޗް 3-1 އިން ސޮނެވާ ބަލިކޮށް ދުސިތު ތާނީ ސެމީއާ ގާތަށް ޖެހިލައިފިއެވެ.

ވިއްސާރައިގެ ސަބަބުން ދެ ދުވަސް ވަންދެން ކުޅުން މެދުކެޑިފައި އޮތުމަށްފަހު މިއަދު ކުޅެވުނު މިމެޗްގެ ފުރަތަމަ ހާފްގައި ދުސިތުގެ މުހައްމަދު ފާސިރު ދެލަނޑު ޖެހުމަށްފަހު ޗެމްޕިއަން ސޮނެވާ އަށް ލަނޑެއް ޖަހާނެ ފުރުސަތެއް ނުދީ މެޗް ކޮންޓްރޯލް ކޮށްފައިވަނީ ވަނީ ދުސިތު އިން ނެވެ.

މިއަދުގެ މެޗުގައި ސޮނެވާއިން ލަނޑު ޖަހާފައިވަނީ ދެވަނަ ހާފްގައި އެޓީމްގެ އަބްދުލްމަޖީދު އެވެ. އިތުރު ލަނޑެއް ޖެހުމަށް ސޮނެވާ ކުރި މަސައްކަތް ނާކާމިޔާބުވެ އިތުރު ލަނޑެއް ޖަހާފައިވަނީ ދުސިތުގެ އިސްމާއީލް ރަޝީދުއެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވާފައިވަނީ ދުސިތުއަށް ދެ ލަނޑުވެސް ކާމިޔާބު ކޮށްދިން މުހައްމަދު ފާސިރު އެވެ.

މިހާރުގެ ނަތީޖާ އަށް ބަލާއިރު މިއަދުގެ މެޗުން މޮޅުވުމާއެކު ދުސިތު އޮތީ ގްރޫޕްގެ އެއް ވަނައިގައި ދެ މެޗުން ލިބުނު 6 ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ ފަހު މެޗުން ވައްކަރު އަތުން އެއްވަރު ވިޔަސް ދުސިތުއަށް ސެމީގެ ޖާގަ ޔަގީންވާނެ އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފިނޮޅު ރިސޯޓާއި އަނަންތަރާ ކިހަވައް ވިލާސް އެވެ.މެޗްފެށުމަށް ހަމަޖެހިފައިވަނީ 4:15 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top