ސަލްސާ ރީޓްރީޓުން އިސްރަށްވެހިންނަށް ހުކުރު ދުވަހުގެ ހަވީރު ސައި

DSCN2891-800x488-800x488.jpg

ސަލްސާރިޓްރީޓް : ނިމިގެންދިޔަ ވޯލްޑް ކަޕް ފުޓްބޯޅައަށް ނަލަ ހައްދާފައި

ސަލްސާ ކުޑައިގެ ދަށުން އޭދަފުށީގައި ހިންގަމުން އަންނަ ސަލްސާ ރީޓްރީޓް އަކީ އޭދަފުއްޓަށް އަންނަ މެހްމާނުންނަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާ ރެސްޓޯރެންޓެވެ. އޭދަފުށީގެ މޫނުމަތީގައި ހުންނަ މި ރެސްޓޯރެންޓަކީ އޭދަފުށީގައި ހުރި އެންމެ ފެންވަރު ރަނގަޅު ރެސްޓޯރެންޓެވެ. ސަލްސާގެ މެނެޖިންގޑިރެކްޓަރގެ އިބްރާހީމް އާމިރުގެ އާއިލާ އާ ގުޅިފައިވާ މި ރަށުގައި ރެސްޓޯރެންޓެއް ހުޅުވީ ބޮޑުފައިދާ އަކަށް ވުރެ ބޮޑަށް އިޖްތިމާއީ ޚިދުމަތެއްވެސް ރަށަށް ކޮށްދިނުމަށެވެ. ފައިވް ސްޓާރ ފެންވަރުގެ ރިސޯޓްތައް އޭދަފުށި ވަށައިގެން އޮތްއިރު އެކިއެކި ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް ރިސޯޓްތަކުން ގެސްޓުންނާއި އެތަންތަނުގެ މުވައްޒަފުންވެސް އަންނަންޖެހޭތީ އެފެންވަރުގެ ޚިދުމަތް ދެވޭނެ ރެސްޓޯރެންޓެއް އޭދަފުށީގައި ހުރުމަކީ ކޮންމެ ހެން ބޭނުން ކަމެއް ކަމުގައިދެކޭތީއެވެ. ހަމައެއާއެކު ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުންގެ އިތުރުން އަތޮޅާއި އަތޮޅުން ބޭރުން އަންނަ މެހްމާނުންނަށް ވެސް އަރާމު މާހައުލެއްގައި ތަފާތު ވައްތަރުގެ ރަހަތައް ތަޖުރިބާ ކޮށްލުމަށެވެ.

ސަލްސާ ރީޓްރީޓް މި ފެންވަރަށް އަމާޒުކޮށްގެން ހިންގި ނަމަވެސް އެތަނުގެ އެންމެ ޚާއްސަ ދުވަހަކީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެވެ. އެއީ ދޮށީ އުމުރުގެ މީހުންނަށް ނުވަތަ 65 އަހަރު މަތީގެ މީހުންނަށް އެއްވެސް އަގަކާ ނުލާ އެމީހުންނަށް ހަވީރު ސައި ދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ވަގުތެވެ.

ރެސްޓޯރެންޓް ހުޅުވުމާއެކު އެތަނުން 65 އަހަރުގެ މީހުންނަށް ކޮންމެ ހުކުރު ދުވަހަކު ހަވީރު ސައި ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެކަން ނޫސްތަކުންނާއި އެހެން ވަސީލަތްތައް މެދުވެރިކޮށްގެން ވަނީ އިއުލާނު ކޮށްފައެވެ. އެހެންނަމަވެސް މިކަމަށް އެދެވޭ ތަރުހީބެއް ލިބެމުން ނުދާކަން ސަލްސާއިން  ހިތާމައާއެކު ފާހަގަ ކުރެއެވެ.

ރެސްޓޯރެންޓް ހުޅުވަމުން އާމިރު ވިދާޅުވެފައިވަނީ މިތަނުން ކޮންމެ ހުކުރު ދުވަހު ހަވީރު ސައި އެބޭފުޅުންނަށް ތައްޔާރު ކުރެވިފައިހުންނާނެ ކަމަށާއި ސައިފޮދުގައި ހުންނާނީ އެބޭފުޅުންނަށް ފަސޭހައިން ފަރިއްކުޅުވެވޭނެ ފަދަ ތަކެތިކަމުގަެވެ.

އޭދަފުށީގެ އިސް ރަށްވެހިންނަށް ސަލްސާ އިން ހުޅުވާލާފައިވާ މި ފުރުސަތުގެ ބޭނުން ހިއްޕެވުމަކީ ސަލްސާގެ އެދުމެކެވެ. ހިތްގައިމު މާހައުލެއްގައި ހުކުރު ދުވަސް ހޭދަކޮށްލުމަށް މިއީ ތަޖްރިބާ ކޮށްލުންވެސް ރަނގަޅު ކަމަކަށް ވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top