ނެޝަނަލް އެންވަޔަރންމަންޓް ކޭމްޕްގައި ބ.އަތޮޅު ތައުލިމީ މަރުކަޒުގެ ދަރިވަރުން ވިދާލައިފި

baec.jpg

އެންވަޔަރަމަންޓް ކޭމްޕުގައި ބައިވެރިވި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިން ދަރިވަރުން—ފޮޓޯ :ބާއޭއީސީ

ގާލްގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ލިޓްލް މެއިޑް ކުދިންނަށް އަމާޒުކޮށްގެން ބޭއްވި އެންވަޔަރަމަންޓް ކޭމްޕްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންކޮޅެއް ފާހަގަ ކުރެވޭ ކާމިޔާބީތަކެއް ހޯދުމާއެކު އެކުދިން ވިދާލައިފިއެވެ.

އެކުދިންގެ ކާމިޔާބާ ގުޅިގެން ސްކޫލްގެ ފަރާތުން މިއަދު ވަނީ އެކަން ފާހަގަ ކޮށް އެ ދަރިވަރުންނަށް ހަނދާނީ ލިއުމަކާއެކު އެ ދަރިވަރުން ކުރިމަސައްކަތުގެ އަގު ވަޒަން ކޮށްފައެވެ.

އެންވަޔަރަމަންޓް ކޭމްޕަކީ ރާއްޖޭގައި ލިޓްލް މެއިޑް ހަރަކާތްތައް ހިންގާ ހުރިހާ ސްކޫލުތަކެއްގެ ގްރޭޑް 4 އިން މަތީގެ ލިޓްލް މެއިޑް ކުދިންނަށް ބާއްވާ ކޭމްޕެކެވެ. ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި  ކޭމްޕަގައި ބައިވެރިވުމަށް ފުރުސަތުދެނީ ކޮންމެ ސްކޫލަކުން ވެސް 3 ކުދިންނަށެވެ.

މާލެ އާއި އަތޮޅުތެރޭގެ 26 ސްކޫލަކުން ސަތޭކައެއްހާ ދަރިވަރުން ބައިވެރިވި މި ކޭމްޕްގައި  ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކު ވަނީ ބެސްޓް ސަބް ކޭމްޕަރ އަދި ބެސްޓް ސިކްސަރ ހާސިލްކޮށްފަ އެވެ.

މި ކޭމްޕް އޮތީ މިދިޔަ މަހުގެ 26-28 އަށް ހުޅުމާލޭ ގާޒީ ސްކޫލުގައެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top