އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރަކަށް، މައުސޫމާ އައްޔަން ކުރައްވައިފި

120174556.jpg

އޭދަފުށީ ދިގަލި މައުސޫމާ ޔޫސުފް -ފޮޓޯ :ޕީއެސްއެމް

ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ މެމްބަރުކަމަށް އޭދަފުށި، ދިގަލި މަޢުސޫމާ ޔޫސުފް މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި މަގާމަށް މައުސޫލާ އައްޔަން ކުރައްވާފައިވަނީ އެމަގާމުގައި ހުންނެވި ހަދީޖާ ހުސޭން އެ މަގާމުން ވަކިކުރެއްވުމަށް ފަހުއެވެ.

މައުސޫމާ އެމަގާމަށް އައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.

މައުސޫމާ، އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވި އިރު އޭނާ ގެންދަވަނީ ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްގެ ޗީފް ފައިނޭންޝަލް އޮފިސަރގެ މަގާމުވެސް އަދާކުރައްވަމުން ނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top