ހަގީގީ މުއްސަނދި ކަމަކީ ނަފުސުގެ މުއްސަނދިކަން: ޚުތުބާ

DSCN9428-800x468-800x468-800x468-800x468.jpg

އޭަދަފުށި މަސްޖިދުއް ސުލްތާން މުހައްމަދު މުއީނުން ދީން

ހަގީގީ މުއްސަނދިކަމަކީ މުދަލުގެ މުއްސަނދިކަން ނޫން ކަމަށާއި އެއީ ނަފްސުގެ މުއްސަނދިކަން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހާމަކޮށްފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ބިނާ ކޮށްފައިވަނީ ނަފްސުގެ މުއްސަނދިކަމުގެ މައްޗަށެވެ.

ޚުތުބާގައި ފާހަގަ ކޮށްފައިވާ ގޮތުގައި ނަފުސުގެ މުއްސަނދިކަމާއި ނަފުސުގެ ފުދުންތެރިކަން ހާސިލު ވާނީ ދުނިޔެއަށް ދަހިވެތިވުން މެދުމިންގަނޑެއްގައި ހިފަހައްޓައިގެންނެވެ. އަދި މުދަލަށް ލޯބިކުރުމަކީ އިންސާނާގެ ތަބީއީ ސިފައެއް ކަމަށާއި ދުނިޔެވީ އެދުމުގެ ސަބަބުން ސާމާނު އެއްކޮށް ގިނަ ކުރަން ބޭނުންވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް އެ ތަބީއަތުގެ ސަބަބުން އިންސާނާ ހައްގު މަގުން ކައްސާލައިގެންދާކަން ފާހަގަ ކުރައްވާފައި ވެއެވެ.

އެގޮތުން ﷲ ހަރާމްކުރެއްވި މަގުންނާއި ވަސީލަތްތަކުން އޭނާގެ މުއްސަނދިކަން އިތުރުކުރަން އުޅޭ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ. އޭގެ ސަބަބުން އޭނާ ހެއްދެވި މަގުސަދު އޮޅި ހުރިހާވެސް ބޭނުމަކީ ދުނިޔެ ހޯދުން ކަމަށާއި، އެއާއެކު ދިރިއުޅުމުގެ މަގްސަދަކަށް އެކަން ވެގެންދާ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

އެކަން އެހެން އޮތުމުން އިންސާނާ އަމާޒުހިފަންވީ މިސްރާބު އެނގޭ ކަމަށާއި ނަފުސުގެ މުއްސަނދިކަމާއި ނަފުސުގެ ފުދުންތެރިކަން ހާސިލުވާނީ ދުނިޔެއަށް ދަހިވެތިވުން މެދުމިންގަނޑެއްގައި ހިފަހައްޓައިގެން ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނިގޮތުގައި މުއްސަނދިކަމުގެ ހަގީގަތަކީ ލިބިފައިވާ މިންވަރެއްގެ މައްޗަށް ފުދުންތެރިވުމެވެ. އޭރުން އިންސާނާއަށް ބާއްޖަވެރިކަން ލިބި، ހިތްހަމަޖެހިގެން އުޅެވޭނެކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނަނީ ތެދުވެރި މުސްލިމުން ރިޒްގު ހޯދާނީ ﷲ ޝަރުއު ކުރައްވާފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ. އަދި އޭގެ ބަދަލުގައި މަކަރުހެދުމާއި އޮޅުވާލުމުގެ ވަސީލަތްތައް އެ މީހުން ބޭނުމެއް ނުކުރާނެ ކަމަށެވެ. އަދި މާތް ﷲ އޭނާއަށް ލިއުއްވާފައިވާ ރިޒްގެއް ނުލިބި މަރު ނުވާނެކަން އޭނާ ދަންނާނެ ކަމަށްވެސް ފާހަގަކުރައްވާފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top