އޭދަފުށީ ކައުންސިލުގެ ރޯދަ ހަދިޔާ: ގެއަކަށް 30 ކާށި

ނޖކމ.jpg

ކާށި ދޫކުރުމުގެ މަސައްކަތުގައި

އޭދަފުށީ ކައުންސިލުން މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި އޭދަފުށީގެ ކޮންމެ ގެއަކަށް 30ކާށި ދޭން ރަށު ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުގެ ނައިބު ރައީސް އަލީ ޝަފީގު ވިދާޅުވީ ރާއްޖޭގައި ކާށީގެ އަގު ރަނަށް ވެފައިވާ މިފަދަ ދުވަސް ވަރެއްގައި ރަށު ކައުންސިލުން ގެއަކަށް 30 ކާށި ދޭން ނިންމީ ރައްޔިތުންގެ ޖީބަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

”ކުނީގެ ރަޖިސްޓަރީ އޮތް ކޮންމެ ގެއަކަށް ވެސް މިއަދު ހަވީރު 4:00 އިން 6:00 އާއި ހަމައަށް ކާށި ދޫކުރަމުން ގެންދާނެ. ކާށި ދޫކުރަން ހަމަޖެހިފައިވަނީ ޔޫސުފް ކަލޭފާނު މަގުން ފެށިގެން ވަތަބަޑޭރި މަގުން އިރަށް“ އަލީ ވިދާޅުވި އެވެ.

އޭދަފުށީ ކައުންސިލުން ރައްޔިތުންނަށް ދިނުމަށް ކާށި ހޯދާފައިވަނީ އޭދަފުއްޓާއި ޖެހިގެން ދެކުނުން އޮންނަ މާއްޑޫންނެވެ.

ރޯދައަށް ޚާއްސަކޮށް ރަށު ކައުންސިލުން ކާށީގެ ހަދިޔާއެއް މިއަހަރު ދިން ނަމަވެސް އާއްމު މަސްމަހުގައިވެސް އޭދަފުށީ ރައްޔިތުންނަށް ބޭނުންވާ ވަރަށް މާއްޑުން ކާށި ހޮވައިގެން ގެނެސް ހެޔޮ އަގެއްގައި ވިއްކަމުން ގެންދެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top