ތުޅާދުއަށް މަސްތުވާ ތަކެތި އެތެރެކުރަނިކޮށް އަތުލައިގެންފި..

image-0.02.01.89afbf8f2acb421dbaa1620097487e08502e2636fb1db5cc637ae01c8151038a-V-700x300.jpg

ބ. ތުޅާދޫ

މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ބ.ތުޅާދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުލެނިކޮށް އެތަކެތި އަތުލައިގެންފި އެވެ.

ތުޅާދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 73 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ތަކެތި ފެނިފައިވަނީ ތުޅާދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި، މާލެއިން ތުޅާދުއަށް އައި ބޯޓަކުން ގެނައި ފޮށިގަނޑެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ފުލުހުން ވިދާޅުވި އެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top