މަންތާ އެއަރގެ ދަތުރުތައް ޑިސެމްބަރު މަހު ފަށަނީ

l_15403894668nNxB.jpg

ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތަކަށް ޚާއްސަ ކޮށްގެން ވައިގެ މަގުން ދަތުރު ފަށަން ތައްޔާރުވެފައިވާ މަންތާ އެއަރގެ ދަތުރުތައް އަންނަ ޑިސެމްބަރ މަހު ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

މަންތާ އެއާ އޭވިއޭޝަނުން ބުނި ގޮތުގައި ޑިސެމްބަރު މަހު ދަތުރުތައް ފެށުމުގެ ގޮތުން އެ އެއަރލައިން އިން ގަނެފައިވާ އޭޓީއާރް 600-72 މަރުކާގެ ފުރަތަމަ ބޯޓު އަންނަ މަހުގެ 12 ވަނަ ދުވަހު ރާއްޖެ ގެންނާނެ އެވެ. އަދި ދެވަނަ ބޯޓު މި އަހަރު ނިމުމުގެ ކުރިން މަންތާ އެއާގެ ފްލީޓާ ގުޅޭނެއެވެ.

ފުރިހަމަ ހިދުމަތްތަކާއެކު ފަށާ މި އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަތަމަ އުދުހޭނީ ދ. ކުޑަހުވަދޫ އާއި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީ އެއާޕޯޓަށެވެ. ދަރަވަންދޫއަކީ އެ އެއާލައިންގެ މައިހަބެވެ.

މަންތާ އެއަރ އަކީ ރާއްޖޭގެ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ، އަދި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލް އެންޓަޕްރައިސެސްގެ ބައެއް ހިއްސާދާރުންނާއި، ދ. ކުޑަހުވަދޫގެ ދާލު އެއާޕޯޓު ތަރައްގީކޮށް ހިންގާ ރިއޯލޯ އިންވެސްޓްމެންޓް ގުޅިގެން އުފައްދާފައިވާ ކުންފުންޏެވެ.

މަންތާ އެއަރގެ ދަތުރުތައް ފެށުމަށް ކުރިން ނިންމާފައިވަނީ މިހިނގާ އޮކްޓޯބަރ މަހުގެ ތެރޭގައެވެ.

ރާއްޖޭގައި މިވަގުތު އެތެރޭގެ އުދުހުމުގެ ޚިދުމަތް ދެނީ ސަރުކާރުގެ ވައިގެ ކުންފުނި، އައިލެންޑް އޭވިއޭޝަނާއި ވިލާ އެއަރ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top