މިމަހުގެ ބިލްތަކުން ޑިސްކައުންޓް ލިބޭނެ: ފެނަކަ

viber_image_2021-05-26_21-52-44.jpg

ރައީސް ސޯލިހު ގެ ނިންމެވުމާ އެއްގޮތަށް މިހިނގާ މެއި މަހުގެ ކަރަންޓުބިލާއި ފެން ބިލުންވެސް ޑިސްކައުންޓު ލިބޭނެ ކަމަށް ފެނަކައިން ބުނެފި އެވެ.

މި ނިންމުމުގެ ދަށުން ފެނަކައިން ހިދުމަތްދޭ ރަށްރަށުގެ ކަރަންޓު ބިލުން މި މަހު 40 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެއަދި ފެން ބިލްތަކުން 30 އިންސައްތައިގެ ޑިސްކަައުންޓް ލިބޭނެކަމަށް ފެނަކައިން ބުނެ އެވެ. 

މީގެ އިތުރުން އެ ރަށްރަށުގެ ވިޔަފާރިތަކަށްވެސް ޑިސްކައުންޓް ލިބޭނެއެވެއެގޮތުން، ވިޔަފާރިތަކުގެ ކަރަންޓާއި ފެން ބިލުން ވެސް 20 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ނިންމައިފައެވެ.

ރޭބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ، މިމަހު މުޅި ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ފެން ބިލުން 30 އިންސައްތައިގެ ޑިސްކައުންޓެއް ދޭނެ ކަމަށެވެ. އަދި ކަރަންޓު ބިލުން 40 އިންސައްތައިގެ ޑިސްކައުންޓެއް ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެެ. އަދި ވިޔަފާރިކުރާ ތަންތަނުގެ ކަަރަންޓު އަދި ފެންބިލުންވެސް 20 އިންސައްތަ ޑިސްކައުންޓެއް ދޭން ނިންމާފަައިވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މި ޑިސްކައުންޓު ތަކަކީ ކޮވިޑް 19 އިން ރައްކާތެރި ވުމަށް މިއަދުން ފެށިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިވެރިން ނަށާއި އާއްމުންނަށް އެހީތެރިވުމަށް ދޭ ޑިސްކައުންޓެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top