އައިޝްވާރްޔާ ރާއީ، އާއިލާ އާއެކު އަމިއްލަ ރިސޯޓުގައި

resort.jpg

ދުނިޔޭގެ ރީތީގެރާނީ އަދި ބޮލީވުޑްގެ މަޝްހޫރު ތަރި އައިޝްވާރިޔާ ރާއީ (އޭޝް) އާއި ފިރިމީހާ އަބީޝެކްބައްޗަން އެމީހުންގެ ދިހަ އަހަރުގެ ދަރިފުޅު އަރަދިޔާއާއި އެކު އަމިއްލަ މޯލްޑިވްސް ރިސޯޓަށް އަތުވެއްޖެއެވެ.

މިދަތުރުގެ މުހިއްމު ބޭނުމަކީ މިމަހުގެ 16ގައި 10އަހަރު ފުރޭ އެމީހުންގެ ދަރިފުޅު އަރާދިޔާގެ އުފަންދުވަސް ރާއްޖޭގައި ފާހަގަ ކުރުންކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.

އޭޝް ގެ އިންސްޓަގްރާމުގައި ރިސޯޓުގެ ހިތްގައިމު ފޮޓޯއެއް  ޕޯސްޓުކޮށް އޭގެ ކެޕްޝަނުގައި ޖަހާފައިވަނީ “އިރު، ދޯދި އަދި ސުވަރުގެ” އެވެ. މި ޕޯސްޓް މީގެ 5 ގަޑިއިރު ކުރިން ލައިފާވާއިރު ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ޕޯސްޓަށް ލައިކް ކޮށްފައެވެ.

މޫދު ފެންނަ ގޮތަށް ރިސޯޓުގެ ފޮޓޯއެއް އަބީޝެކް ބައްޗަން ވެސް ވަނީ އޭނާގެ އިންސްޓަގްރާމުގައި ހިއްސާ ކޮށްފައެވެ. އަދި އެއީ ނިދިން ހޭލެވުމަށްފަހު ބަލައިލުމަށް އެންމެ ހިތްގައިމު މަންޒަރު ކަމަށްވެސް  ބުނެފައި ވެއެވެ.

މިމަހު ކުރީކޮޅު ވެސް އައިޝްވާރިއާ ވަނީ އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެ އައިސްފައެވެ. އެގޮތުން ނޮވެމްބަރު އެއްވަނަ ދުވަހު ފޯ ސީޒަން ރިސޯޓުގައި ނަގާފައިވާ އައިޝްވާރިއާގެ ފޮޓޯއެއް، އަބީޝެކް ވަނީ އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށްފަހު ޕޯސްޓެއް ކޮށްފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top