ބިދޭސީންނަށް ތިލަފުށިން ބިން ވިއްކުން ބަލައި ނުގަނެވޭނެ: އެމްޕީ އަލީ

3878D8A3-5783-4319-A152-F4EFD8C4FF68.jpeg

ކެންދޫ ދާއިރާގެން މެންބަރު، އަލީ ހުސެން

ބޭރު ބަޔަކަށް ތިލަފުށިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން މިއަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިލަފުށިން ބިން ބޭނުންވާ ކުދި އަދި މެދުފަންތީގެ އެތަކެއް ދިވެހި ވިޔަފާރިވެރިންނެއް ތިބި އިރު ދައުލަތުގެ ބިން މިގޮތަށް ބޭރު މީހުންނަށް ވިއްކުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.

އަލީ ވިދާޅުވީ ހުރިހާ ދިމާލަކުން ވެސް ފެންނަނީ ބިދޭސިން ރާއްޖެއަށް އަތްގަދަ ކުރަން ދޫކޮށްލާފައިވާ މަންޒަރު ކަމަށެވެ. ތިލަފުށިން ފެށިގެން ކަނޑު އަޑީގެ ޗާޓަށް ބެލުމުންވެސް ފެންނަނީ އެމަންޒަރު ކަމަށާއި އުތުރު ތިލަފަޅެއް ހަނިމާދު އެއް ކިޔާނެ ކަމެއް ނެތް ކަމަށެވެ.

ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކަން އިއުލާނު ކޮށްފައިވާއިރު، ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރު ކުންފުންޏެއް ނުވަތަ ބިދޭސީއެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރާ ގޮތަށް އޮތީ ނިންމައިފައެވެ. މިކަމާ ބައެއް ސިޔާސީ ޕާޓީތަކުންނާއި އާންމު ރައްޔިތުންގެ ތެރެއިން ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް އެޗްޑީސީން ބުނެފައިވަނީ ތިލަފުށިން އަލަށް ހިއްކަމުންދާ ބިމުގެ 90 ޕަސެންޓު ބިން ދިވެހި ވިޔަފާރިތަކަށް ޚާއްސަކޮށް ކުލި ކޮންޓްރޯލް ކުރެވޭ އުސޫލުތަކުގެ ތެރެއިން ދިނުމަށް ކަނޑައެޅިފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top