މާރާމާރީއަކާ ގުޅިގެން އޭދަފުށީ ޕޮލިސް ސްޓޭޝަނުން ބިދޭސީއަކު ހޯދަނީ

Alamin-Mia.jpg

އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އާއްމުންގެ އެހީތެރިކަމަށް އެދެފިއެވެ.

އެ މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ 40 އަހަރުގެ އަލަމިން މިއާ، ޕާސްޕޯޓް ނަންބަރު BY0942817 އެވެ.

އަލަމިން މިއާ އާބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791674 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

އުޅޭ ވަކިތަނެއް ނޭނގޭ ބިދޭސީންނާއި ދިވެހިން ހޯދަން މީގެ ކުރިންވެސް އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދެމުން ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top