ދެޑޯޒް ވެކްސިން ފުރިހަމަކުރިޔަސް ދަތުރު ނުކުރެވޭ

DSCN6122-1.jpg

އޭދަފުށި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި ނަމަވެސް ދަތުރު ނުކުރެވޭނެ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝް ސެންޓަރު (އެޗްއީއޯސީ) އިން ނިންމައިފިއެވެ.

ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ހާމަ ކުރަމުން އެޗްއީއޯސީ އިން ބުނީ، ވެކްސިން ޖެހުމުން ދަތުރު ކުރުމަށް ލިބިފައިވާ ލުއި މެދުކަނޑާލަން ނިންމާފައިވާކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެއިން ރަށްރަށަށް ދަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުއެވެ.

އެގޮތުން އާބާދީގައި 60 އިންސައްތަ މީހުން ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރު ކުރެވޭގޮތްވަނީ ހަދާފައެވެ. އަދި އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައި ނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަ ދީފައިވެއެވެ.

އަދި ރަށެއްގައި ކޮވިޑް-19 ގެ ބަލި އުޅޭ ނިސްބަތް 5 އިންސައްތައަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީ.ސީ.އާރު. ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެކަމަށްވެސް މި ލުއި ތަކުގައި ވެއެވެ.

އެހެންނަމަވެސް ސަރުކާރުން މިހާރުވަނީ ކޮވިޑް-19 ފިޔަވަޅުތައް އިތުރަށް ވަަރުގަދަ ކުރުމަށް ނިންމައި  ވެކްސިން ޖެހުމުން ދަތުރު ކުރުމަށް ލިބިފައިވާ ލުއި ސަރުކާރުން މެދު ކަނޑާލާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ވެކްސިން ޖެހުމުން ދަތުރުކުރަން ދިން ލުއިތައް މެދުކަނޑާލުމުގެ އިތުރުން، ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް ދަތުރުކުރުން ހުއްޓާލަން އަންގާ ކަމަށެވެ.

ދިހަ ދުވަހުގެ މުއްދަތަކަށް މިފިޔަވަޅު އަޅަން ސަރުކާރުން ނިންމާފައިވަނީ 05 މެއި 2021 ވާ ބުދަ ދުވަހުން ފެށިގެންނެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު ގޯހުން ގޯހަށް ދިޔުމުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް އެޗްޕީއޭއިން މިހާރުވަނީ މަނާކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top