އާ ކައުންސިލަރުން ހުވާކުރުން މިމަހު 17ގައި

IMG_2637-800x451-800x451.jpg

އޭދަފުށިގެ ކައުންސިލްގެ މިދައުރުގެ 5 މެމްބަރުން.

ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލުތަކަށް އަލަށް އިންތިހާބުވި ކައުންސިލަރުން މަގާމުގެ ހުވާކުރުން މި މަހުގެ 17 ގައި ބާއްވާނެ ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފިއެވެ.

އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ ކައުންސިލަރުން ހުވާކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން އެއިދާރާއިން ކުރިއަށް ގެންދާކަމަށެވެ. އެގޮތުން މިއަދު ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިޔާތު 17ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަން އަންގާފައި ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ފަނޑިޔާރުން ކަނޑައެޅުމުގެ ކަންކަން ހަމަޖެއްސުމަށް މާދަމާ ސްޕްރީމް ކޯޓާއެކުވެސް ބައްދަލުުވުމެއް ހަމަޖެހިފައިވާކަމަށާ އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު މޮނިޓަރިންގައި އޮތް ރަށްރަށުގައިވެސް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީންނެވެ. އެގޮތުން އިންތިހާބުގައި އެމްޑީޕީން 804 ގޮނޑި އަށް ވާދަކޮށް އޭގެތެރެއިން 400 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.

އިދިކޮޅު ޕީޕީއެމުން 646 ގޮނޑި އަށް ވާދަކުރިއިރު 325 ގޮނޑި ކާމިޔާބުކުރިއިރު، ޖުމްހޫރީ ޕާޓީން 115 ގޮނޑި އަށް ވާދަކޮށް ލިބިފައިވަނީ 23 ގޮނޑި އެވެ. އަދި އަދާލަތު ޕާޓީން 28 ގޮނޑިއަކަށް ވާދަކުރިއިރު 11 ގޮނޑި ކާމިޔާބުކޮށްފައިވާއިރު އެމްޑީއޭ އިން 20 ގޮނޑިއަކަށް ވާދަކޮށް 16 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން 600 މަގާމަށް ވާދަކޮށް 173 ފަރާތަކުން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top