ކޮވިޑް-19 : އިއްޔެ މާލެއިން ޕޮޒިޓިވް ވި މީހާއާއި ގުޅުންހުރި އެތައް ބަޔަކު އަތޮޅުތަކުގައި

img_lg_202003060158511583485131.0394.jpg

ކޮވިޑް-19 އަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ބޭއްވި ޑްރިލް / ފައިލް ފޮޓޯ: ހަސަން އަތޫފް . ދަ ޕްރެސް

އިއްޔެ މާލެއިން ފުރަތަމަ ފަހަރަށް ކޯވިޑް-19 އަށް ޕޮސިޓިވްވި އަންހެން މީހާ އާއި ގުޅުން ހުރި އެތައް ބަޔަކު އަތޮޅުތެރޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޭސް21 އާއި ގުޅުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތް އެކި ސަރަހައްދުތަކުގައި ކުރަމުންދާ ކަމަށާ މިހާތަނަށް 22 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 10 ގެއެއްގެ އެޕާޓްމަންޓު ތަކަކާއި ހުޅުމާލޭގެ ހަތް އެޕާޓްމަންޓެކެވެ. މީގެ އިތުރުން ހއ. ވަށަފަރު ގެއަކާއި، ކ. ކާށިދޫ އާއި، ތ. މަޑިފުށި އަދި އައްޑޫ ސިޓީ ހިތަދޫ ގެއެއްވެސް ހިމެނޭކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ އެމީހާ އާއި ގުޅުން ހުރި 207 މީހަކު ދެނެގަނެ މޮނީޓާ ކުރަމުން ދާއިރުު އޭގެ ތެރެއިން 75 މީހުންނަކީ ހައިރިސްކް މީހުން ކަމަށާ އަދި މީޑިއަމް ރިސްކުގެ 43 މީހަކާއި ލޯ ރިސްކް ކޮންޓެކްޓުގެ ގޮތުގައި 83 މީހަކު ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.  މިއީ ފާއިތުވި ފަސް ދުވަހު އޭނާއާ އެކި ގޮތްގޮތުން ކޮންޓެކްޓްވި މީހުންނެވެ.

ސަރުކާރުން ނިންމާފައިވަނީ ހައި ރިސްކާއި މީޑިއަމް ރިސްކުގެ އެންމެން ކަރަންޓީން ކުރުމަށެވެ.

އަދި ތިންވަނަ އަށް މާލެ އިން ޕޮޒިޓިވްވި އަންހެން މީހާއާ ކޮންޓެކްޓުވި 35 މީހަކު ފާހަގަކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ ހައި ރިސްކުގެ ގޮތުގައި 7 މީހަކު އަދި މީޑިއަމް ރިސްކުގެ ގޮތުގައި 28 މީހަކު ފާހަގަކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި މީހުން ވަނީ ޕާޓީ ބާއްވައި، މަސް ދަތުރު ގޮސް، ބުރު ޖަހަން ގޮސް، އަދި ގޭގެ އަށް ވެސް ގޮސްފައި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މާލެއިން ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި މީހާއަށް އެ ބަލި ޖެހުނީ ކާކުގެ ފަރާތުންކަން އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު