ކޮވިޑް-19: އިތުރު 2 ދިވެއްސަކު މާލެއިން ޕޮޒިޓިވް ވެއްޖެ!

edd4465fcf0339414fb74e8454e8a5cb.jpg

އެޗްޕީއޭއިން މާލޭގައި ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން

އިތުރު ދެ ދިވެއްސަކު މާލެއިން ކޮވިޑް -19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ރޭ ޕޮޒިޓިވް ވެފައިވާ ދެ މީހުންނަކީ މާލެއިން މި ބައްޔަށް ތިންވަނައަށް ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓްސް ކަމަށެވެ. އެ ދެ މީހުންވެސް މިހާރު ތިބީ ކަރަންޓީނު ފެސިލިޓީގައި ކަމަށާއި، އެމީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

ރޭ މާލެއިން ކޮވިޑް-19 އަށް އިތުރަށް ދެ މީހަކު ޕޮޒިޓިވް ވުމުން މާލެ އިން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ފަހަކަށް އެރީއެވެ. އަދި ރާއްޖެއިން މި ބަައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ޖުމްލަ  25 އަށް އެރީއެވެ.

އިތުރު ދެ ދިވެހިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާ ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް ފުރަތަމަ ލޮކްޑައުންގެ ހާލަތަށް ގެނެވިފައެވެ. 24 ގަޑިއިރު ހަމަވުމުން އިތުރު 24 ގަޑިއިރަށް މިހާރު ވަނީ ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top