މާޅޮހު ފެންޕްލާންޓަށް ބޭނުންވާ ހަކަތަހޯދުމަށް ސޯލާޕެނަލް ހަރުކުރަނީ

Solar-3.jpg

ސޯލާޕެނަލް ހަރުކުރުމުގެ މަސައްކަތުގައި

ބ. މާޅޮހު ފެންޕްލާންޓަށް ބޭނުންވާ ކަރަންޓް އުފެއްދުމަށް ސޯލާ ސިސްޓަމްތަކެއް ހަރުކުރުމުގެ މަސައްކަތް އެރަށުގައި ކުރަމުން އެބަދެއެވެ.

ބައެއް މީޑިއާއަށް މައުލޫމާތު ދެމުން އެރަށުގެ ކައުންސެލަރ އާދަމް ޔޫސުފް ވިދާޅުވީ މިއީ ޔޫއެންޑީޕީ އަށް މާޅޮހު މާރސް ޖަމިއްޔާއިން ހުށަހެޅި ޕްރޮޖެކްޓަކަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ސޯލާ ޕެނަލްތަކެއް ކަމުގައެވެ.

މާރސް ޖަމިއްޔާއަށް ލިބުނު މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރަމުން ގެންދަނީ އެޖަމިއްޔާއާއި މާޅޮހު ކައުންސިލާ ގުޅިގެން ރައްޔިތުންގެ ބައިވެރިވުމާވެސް އެކުގައެވެ.

ފަސްލައްކައެއްހާ ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރާ މި ޕްރޮޖެކްޓްގެ ދަށުން މިހާރު ގެންދަނީ ފެން ޕްލާންޓްގެ ފުރާޅުމަތީގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތެވެ. އާދަމް ވިދާޅުވިގޮތުގައި މި ޕްރޮޖެކްޓް ނިމުމާއެކު ދުވާލަކު 20ކިލޯވޯޓްގެ ކަރަންޓް މިޕެނަލްތަކުން އުފައްދާނެއެވެ.

މި ޕެނަލްތަކާއެކު 10 ކިލޯގެ ބެޓެރީ ސިސްޓަމެއް ގެނެސްފައިވާ ކަމަށްވެސް އާދަމް ވިދާޅުވިއެވެ.

\

ާ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top