މިރޭ 12އިން ފެށިގެން ޓެކްސް ބޮޑުވާނެ

ފސި-1.jpg

މާދަމާ އިން ފެށިގެން ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާ އާ ރޭޓުތަކުގައި، މިރޭ 12 އިން ފެށިގެން ހިދުމަތް ދޭން އަންގައި، މުދަލާއި ޚިދުމަތުގައި އާ ރޭޓުގައި އަގުޖެހުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގައިފި އެވެ.

މާދަމާ އިން ފެށިގެން، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް 16 އިންސައްތަ އަށް އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ ރޭޓް އަށް އިންސައްތަ އަށް ބޮޑުވާނެ އެވެ.

މީރާއިން ވަނީ ޓެކްސް އަށް ތައްޔާރުވުމުގެ ގޮތުން ވިޔަފާރިތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް ހިމަނައިގެން “ފެކްޓް ޝީޓް” އެއްވެސް ނެރެފަ އެވެ. މީރާގެ ވެބްސައިޓްގައިވާ އެ ފެކްޓް ޝީޓް ގައި ރޭޓް ބަދަލުވުމާގުޅިގެން “ކަޓް-އޯފް ވަގުތު” ކަނޑައަޅައި، ޖީއެސްޓީ ނަގާނެ ރޭޓް ކަނޑައަޅާނެ ގޮތް ހިމަނައިފައިވެ އެވެ.

ޓެކްސް ބޮޑުކުރުމާބެހޭ ގޮތުން ފިނޭޏްސް މިނިސްޓްރީން ބުނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށެވެ.

ޓެކްސް އަށް ގެނައި ބަދަލަށް ވޯލްޑް ބޭންކާއި އައިއެމްއެފް އިން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ރާއްޖޭގައި މުދަލާއި ޚިދުމަތުން ޓެކްސް ނަގަން ފަށާފައިވަނީ 2008 ވަނަ އަހަރު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top