މެރަޑޯނާ މަރުވެއްޖެ!

maradona.jpg

ދުނި ޔެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ އެޓޭކިން މިޑްފީލްޑަރ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާ ރޭގެ ވަގުތެއްގައި މަރުވެއްޖެއެވެ.

އުމުރުން 60 އަހަރުގައި މެރަޑޯނާ މަރުވެފައިވަނީ ކާޑިއެކް އެރެސްޓެއްގެ ސަބަބުން ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އާޖެންޓީނާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި ސިކުނޑީގައ ލޭ ކޮޅެއް ގަނޑުވެފައި ހުރުމުގެ ސަބަބުން މެރަޑޯނާވަނީ މިމަހުގެ ކުރީކޮޅު އޮޕަރޭޝަނެއް ކޮށްފައެވެ. އޭނާއަށް ހާޓް އެޓޭކެއް ޖެހިފައިވަނީ ސިކުނޑީގެ ސާޖަރީއެއް ހެދުމަށްފަހު ދޫކޮށްލާފައިވަނި ކޮށެވެ.

މެރަޑޯނާއަކީ ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ އެންމެ މޮޅު އެއް ކުޅުންތެރިއެވެ. އެގޮތުން 1986 ވަނަ އަހަރުގައި އޭނާ ވަނީ އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމުގައި އިސް ރޯލެއް އަދާކޮށްފައެވެ.

އޭނާގެ ފުޓުބޯޅައިގެ ކެރިއަރުގައި ވަނީ ގިނަ ޓީމުތަކުގައި ވަރުގަދަ ހުނަރުތަކެއް ދައްކާލާފައެވެ. އެގޮތުން ބާސެލޯނާ އާއި ނަޕޯލީ އަދި ބޮކާ ޖޫނިއާ ފަދަ ޓީމްތަކަށް އޭނާ ވަނީ ކުޅެފައެވެ.

މެރަޑޯނާގެ ގިނަ ފާހަގަކުރެވޭ ކުޅުންތަކެއް ހުރިއިރު އެންމެ ގިނަ ބަޔަކަށް އަދި އަދާ ޖެހެންދެންވެސް އެންމެ ފާހަގަކުރެވޭ އެއް މަންޒަރަކީ މެރަޑޯނާގެ “ހޭންޑް އޮފް ގޯޑް” އެވެ. އެއީ 1986 ވަނަ އަހަރު އާޖެންޓީނާ، އިންގްލެންޑް އާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ގޯލަށް ދީފައިވާ ބަހެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top