ރާއްޖޭގެ އާބާދީގެ 25 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރޭ!

Dangers-of-Smoking-scaled.jpg

ރާއްޖޭގެ އާބާދީގެ 25.1 އިންސައްތަ މީހުން ނުވަތަ ކޮންމެ ހަތަރު މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު އާއްމު ކޮށްފައިވާ ތަފާސްހިސާބު ތަަކަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ 25.7 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އެއީ ކޮންމެ ހަތަރު މީހަކުން އެކަކެވެ. އޭގެ ތެރެއިން ފިރިހެނުންގެ ނިސްބަތް އުޅެނީ 35.6 ޕަސެންޓް ގައެވެ. 7.6 ޕަސެންޓް އަކީ އަންހެނުންނެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އުމުރުފުރާ ތަކަށް ބަލާއިރު އުމުރުން 15 އަހަރާ 29 އަހަރާ ދެމެދުގެ ނިސްބަތަކީ 20.1 އިންސައްތަ އެވެ. އަދި 40-30-40 އަހަރާދެމެދުގެ ނިސްބަތަކީ 29 އިންސައްތަ އެވެ. އަދި 45-65 އަަހަރާ ދެމެދުގެ ނިސްބަތަކީ 23.4 އިންސައްތަ އެވެ.

މީގެ އިތުރުން، އުމުރުން 13 އަހަރާއި 15 އަހަރުގެ ކުދިންގެ ތެރެއިން 45.7 ޕަސެންޓް ކުދިން ދުންފަތުގެ އެކި ބާވަތްތައް ބޭނުންކުރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެތެރެއިން 17 ޕަސެންޓް ކުދިން ބޭނުންކުރަނީ އިލެކްޓްރޯނިކް ސިނގިރެޓް ނުވަތަ ވޭޕް އެވެ. ޝީޝާ ނުވަތަ ގުޑުގުޑާ ބޭނުން ކުރަނީ 3.1 ޕަސެންޓް ކުދިންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top