ބަންޑާރަނައިބު މަޖިލީހަށް ވަޑައިނުގަތުމަކީ ކަނޑު ވިއްކާލިކަމުގެ ފުރަތަމަ ހެކި: ސަލީމް

6Au7QlF7nLuI0ej4RypCrmU9HTtpJShp6VBnWWjE.jpeg

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް -ފޮޓޯ :މަޖިލިސް

އިތުބާރު ނެތްކަމުގެ މައްސަލާގައި ބަންޑާރަނައިބު، އިބްރާހިމް ރިފްއަތު، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިނުގަތުމަކީ ކަނޑުވިއްކާލިކަމުގެ ފުރަތަމަ ހެކި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޖަވާބުދާރީވެ ވަޑައިގަތުމަށް ބަންޑާރަނައިބު މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަތުމުން ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަންޑާރަނައިބު 87 މެމްބަރުން ކުރާ ސުވާލު ތަކަށް ޖަވާބުދާރީވާން ވަޑައިނުގަތުމަކީ ކަނޑު ވިއްކާލި ކަމުގެ ފުރަތަމަ ހެކި ކަމަށެވެ.

ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ (ށ)ގައި ވާގޮތުގެ މަތީން މަޖިލީހަށް ލިޔުމުން ޖަވާބުދާރީވެ ވަޑައިގެންނެވުމަށް ބަންޑާރަ ނައިބު ނިންމެވި ނިންމެވުމަށް ރިއާޔަތް ކުރައްވައި މަޖިލީހަށް ވަޑައިނުގަތުމާއި ގުޅިގެން ސަލީމް ވިދާޅުވީ މިމައްސަލައަކީ ރައްޔިތުންގެ މަސްލަހަތު އޮތް ބޮޑު މައްސަލައަކަށްވާއިރު، ރައްޔިތުން އިންތިޚާބު ކުރި މެމްބަރުންނަށް ޖަވާބު ދާރީވުމަށް ބަންޑާރަނައިބް މަޖިލީހަށް ވަޑައި ނުގަތުމަކީ މިކަމުގައި ގޯސްތަކެއް ހުރިކަން ހާމަވާ ކަމެއްކަމަށެވެ.

ބަންޑާރަ ނާއިބު ވަނީ މަޖިލީހަށް ވަޑައިނުގެން ލިޔުމުން މަޖިލީހަށް ޖަވާބު ހުށަހަޅުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަނައިބު އިތުބާރު ނެތްކަމުގެ މައްސަލާގައި ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންފައިވާތީ އުފެދުނު ޚިޔާލުތަފާތުވުންތަކާއި ގުޅިގެން، ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިއަދު ނިންމަވާފައެވެ.

ބަންޑާރަ ނާއިބު ގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވަނީ، ރާއްޖެއާއި މޮރީޝަސްއާއި ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައެވެ. މި މައްސަލަ ހުށައެޅުއްވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންނެވެ.

މިމައްސަލާގައި ބަންޑާރަ ނައިބް ވިދާޅުވެފައިވަނީ އެމަނިކުފާނު ލިޔުމުން ޖަވާބު ހުށަހެޅުއްވީ ޤާނޫނު އަސާސީގެ 133 ވަނަ މާއްދާއިން ބަންޑާރަ ނައިބަށް ލިބިދޭ ދުސްތޫރީ ތަރަހައިގެ ތެރެއިންކަމަށެވެ. އެމަނިކުފާނު ވަނީ 37 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ތަފްސީލީ ޖަވާބެއް ދެއްވާފައިކަމަށް ސަރުކާރުގެ މެންބަރުން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top