މިއަދު ލޮލުން ފާއްދާލަނީ ފުންއަސަރުގެ ކަރުނަ: ރައީސް ޔާމީން

presidency.png

މިއަދު ފާހަގަކުރާ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް، ދިވެހި ރައްޔިތުންނަށް ފޮނުވި ތަހުނިޔާގެ މެސެޖް، ފުން އަސަރާއެކު ފާޅުކުރައްވައިފި އެވެ

ރައީސް ޔާމީން މިއަދު ކުރެއްވި ޓްވިޓެއްގައި ބޮޑުތަކުރުފާނުގެ ޖިހާދުގެ ހަނދާން އާކުރައްވަމުން ވިދާޅުވީ، މިއަދު ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ ކަމަށެވެ.

ގައުމީ ދުވަހުގެ ތަހުނިޔާ އެންމެހައި ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައި ވިދާޅުވީ ގައުމީ ދުވަހުގެ ތަހުނިޔާ އަދާކުރައްވަމުން މިދަނީ ބަނަވެ ނާމާން ވަމުންދާ ދުވަސްތަކެއްގެ ހިތްދަތި ކަމާއެކުގައި ކަމަށެވެ.  އަދި ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދުގެ ހަނދާންތައް އާކުރަމުންދާއިރު މިއަދު ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ ކަމަށްވެސް ޔަމީން ވިދާޅުވިއެވެ.

މިއަހަރު އަލަށް ޓްވިޓާ ބޭނުން ކުރައްވަން ފެއްޓެވި ފަހުން ޔާމީން އެންމެ ގިނައިން ޓްވީޓު ކުރައްވާފައި ވަނީ އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ތަކާއެކު އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށެވެ.

އެގޮތުން ދިވެހިރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް ދުލުން ކިޔާލި ނަމަވެސް، މިއަދު ދިވެހިރާއްޖެއަކީ އިންޑިއާގެ އަޅުވެތި ކަމުގެ ދަށުގައިވާ ގައުމެއް ކަމަށް ވިދާޅުވެ އެމަނިކުފާނު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަބެއް ކަމަށް އެމަނިކުފާނާއި، އަދި އިދިކޮޅު ކޯލިޝަންގެ މެންބަރުން ދައްކަވަނީ ދިވެހިރާއްޖެއިން އިންޑިއާ އާއި އެކީ ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުން ތަކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top