ހަ ގަޑިއިރަށްވުރެ އިތުރުވާނަމަ އިތުރުގަޑީގެ ފައިސާ ދޭން ޖެހޭ: މިނިސްޓަރު

big_PNI1tNbFxZMDeMfOi5CHDPqGo.jpg

އެޑީޔުކޭޝަމް މިނިސްޓަރު ޑރ.އައިޝަތު އަލީ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަނީ ...ފޮޓޯ: މަޖިލިސް އިދާރާ

ސްކޫލް ތަކުގައި މަސައްކަތް ކުރުމަށް މިހާރު ކަނޑައަޅާފައިވަނީ ހަގަޑި އިރު ކަމަށާއި އެއަށްވުރެ ގިނަ ވަގުތު މަސައްކަތް ކުރާނަމަ އިތުރު ގަޑީގެ ފައިސާ ދޭން ޖެހޭނެ ކަމަށް އެޑިޔުކޭޝަަން މިނިސްޓްރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިިނިސްޓަރު މިހެން ވިދާޅުވީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސިވިލް ސާވިސްގެ މުވައްޒަފެއް ވެއްޖިއްޔާ މިހާރު އޮންނަނީ ހަ ގަޑިއިރު ސްކޫލުގައި ހޭދަކުރާ ގޮތަށެވެ. އެކަމަކު އެއް ދަންފަޅިއެއްގައި ސްކޫލުގެއްގައި އަށް ގަޑިއިރު ހޭދަކުރަން ޖެހޭއިރު އިތުރަށް ހޭދަވާ ވަގުތަށް އޯވާޓައިމް ދޭންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މިވަގުތު ނިޒާމް އޮތް ގޮތުން އެގޮތަށް ފައިސާ ދޭން ދަތިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެކަމަށް ހައްލެއް ފެންނަން ނެތްނަމަވެސް މަސައްކަތް ކުރަނީ ހުރިހާ ސްކޫލަކަށް އެއް ކޮންސެޕްޓެއް ތައާރަފުކުރުމަށް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top