ވެހިކަލް ފީ ކައުންސިލަށް ލިބޭގޮތް ހެދުމަށް މަސައްކަތް ކުރެވެމުންދޭ: ރައީސް

FB_IMG_1664361434268.jpg

ވެހިކަލް ފީ ކައުންސިލަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް، މަސައްކަތްކުރެވުންދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތިލަދުންމަތީ އުތުރު ބުރީގެ ހަތަރު ރަށަކަށް ކުރެއްވި ދަތުރުފުޅު ފުޅުގެ ތެރެއިން އެންމެ ފަހު ރަށް ކަމުގައިވާ ހއ. ދިއްދުއަށް ވަޑައިގެން އެރަށު ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުންނާއިއެކު ބޭއްވި ބައްދަލުވުމުގައެވެ.

ހއ. ދިއްދޫގައި ހުންނަ އަތޮޅުގެ ގޭގައި އޮތް މިބައްދަލުވުމުގައި ދިއްދޫގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާ އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ޚިޔާލު ބަދަލު ކުރައްވައި މަޝްވަރާ ކުރެއްވި އެވެ.

އެ ކަންތައްތަކުގެ ތެރޭގައިހއ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު މަތި ކުރުމާއި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި، ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނެ ގޮތެއް ހައްދަވައިދެއްވުން އެދި ރައީސް އަށް ދެންނެވި އެވެ.

ދިއްދޫ އ.ތ.މ ކޮމިޓީން ވަނީ، އެކޮމިޓީ ހިންގުމަށް ހުރި އިދާރީ ދަތިތަކާއި، އަންހެނުންނަށް ބޭނުންވާ ސިއްހީ ޚިދުމަތްތަކާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބޭނުންވާ ކަސްރަތު ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތައް ފާހަގަކުރައްވާފައެވެ.

ދިއްދޫގެ ކައުންސިލް މެމްބަރުންނާއި، އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންތައްތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވެހިކަލް ފީ ކައުންސިލަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް، މަސައްކަތްކުރެވުންދާ ކަމަށެާއި ކުނީގެ މައްސަލަ ހައްލު ކުރުމަށް ކުނބުރުދޫގައި މަސައްކަތްތަކެއް ކުރެވެމުންދާކަމުގަ އެވެ. އެ މަސައްކަތް ނިމި ކުނި މެނޭޖްކުރެވޭނެ ވަސީލަތްތައް ގާއިމުކުރެވި އެ މަސައްކަތް ފެށުމަކީ ދިއްދޫގެ ކުނީގެ މައްސަލައަށް ހައްލުތަކެއް ލިބިގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތްކުރައްވައި، އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top