ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އުތީމުގައި

b_gGmWrxQ6w5o0OafPciWa9EBcm.jpeg

27 ސެޕްޓެމްބަރު 2022، ހއ. އުތީމު، ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ހާއްސަ އިހުތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތުން --- ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ހއ. އުތީމުގައި މިއަދު ފާހަގަ ކޮށްފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންނެވި މި ދިދަ ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، އުތީމު ގަނޑުވަރު މައިދާނުގަ އެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ދިދަނެގުމުގެ ރަސްމިއްޔާތަށް ގަނޑުވަރު މައިދާނަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން، އެ މައިދާނުން އެ ދެކަނބަލުންނަށް، މަރުހަބާ ދެންނެވީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އެވެ.

ގައުމީ ދުވަހުގެ ދިދަނެގުމުގެ މި ރަސްމިއްޔާތުގައި، ދިދަ ނެގުމުގެ އިތުރުން، ދުވަހާއި ގުޅޭ ޚާއްސަ ދުއާ އެއް ކުރުން ވެސް އޮތެވެ.

ގައުމީ ދުވަސް ފާހަގަކުރަނީ މުހައްމަދު ތަކުރުފާނު ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކޮށްދެއްވުމުގެ ހަނދާނާއި ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލު މަހުގެ 1 ވަނަ ދުވަހު އެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މިއަދު އުތީމުގައި އޮންނާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top