ޕްލާންޓް ފެން މިހަފްތާތެރޭ ދޫކުރެވޭވަރުވާނެ – އޭދަފުށީ ކައުންސިލް

ޕްލާންޓްހޮޅި ކަނޑަށް އެޅުމުގެ މަސައްކަތް ހުކުރުދުވަހު އިންޖީނުގޭގެ މުވައްޒަފުންނާ، ކައުންސިލް ގުޅިގެން ކުރަނީ. ޕްލާންޓްފެން މިހަފްތާތެރޭ ދޫކުރެވޭވަރުވާނޭކަމަށް ކައުންސިލުން ބުނޭ. / ފޮޓޯ: ކިއުންތެރިއެއް

ޕްލާންޓްހޮޅި ކަނޑަށް އެޅުމުގެ މަސައްކަތް ހުކުރުދުވަހު އިންޖީނުގޭގެ މުވައްޒަފުންނާ، ކައުންސިލް ގުޅިގެން ކުރަނީ. ޕްލާންޓްފެން މިހަފްތާތެރޭ ދޫކުރެވޭވަރުވާނޭކަމަށް ކައުންސިލުން ބުނޭ. / ފޮޓޯ: ކިއުންތެރިއެއް

އޭދަފުށީގެ ގިނަގޭގޭއިން ވާރޭފެން ހުސްވެ ބޯފެނަށް ޖެހިފައިވާތީ، އެކަން ހައްލުކުރުމުގެ ގޮތުން މިހަފްތާތެރޭގައި ޕްލާންޓްފެން ދޫކުރުމަށް މަސައްކަތްކުރަމުންދާކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ ޕްލާންޓް ފެން ހެދުން ލަސްވަމުންދަނީ ޕްލާންޓަށް ފެންނެގުމަށް ކަނޑަށް އަޅާފައިވާހޮޅި ހަލާކުވެ، މަރާމާތުކުރުން ލަސްވެގެންކަމަށާ، އެމަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އޭދަފުށީ ކައުންސިލްގެ ނާއިބް ރައީސް މުހައްމަދު ނައުރީފް ވިދާޅުވީ އިންޖީނުގޭގެ މުވައްޒަފުންނާ ކައުންސިލާ ގުޅިގެން މިއަދު ނުވަތަ މާދަމާ ފެން އުފައްދަން ފަށާނެކަމަށާ، ދެދުވަހެއްގެތެރޭގައި ފެނުގެ ކޮލިޓީ ބަލައި ފެންދޫކުރަން ފެށޭނެކަމަށް ލަފާކުރާކަމަށެވެ.

“ހިލަބާޖްތައް ޖެއްސިއިރު ފެންޕްލާންޓަށް ފެންނަގާ ހޮޅިއަށް ގެއްލުންލިބިފައި އޮވެގެން ލަސްވަމުން މިދިޔައީ. އެކަމަކު މިހާރު ހޮޅި އަލުން އެއޮތީ ކަނޑަށް އަޅާފައި. މިއަދު ފެން ހަދަން ފެށޭވަރުވާނެ. ދެން މާލެ ފޮނުވައިގެން ދެދުވަހެއްގެ ތެރޭގައި ފެން ޓެސްޓްކޮށް ނިމޭނެކަމަށް މިބަލަނީ. އެހެންވެއްޖިއްޔާ ލަސްނުވެ ދޫކޮށްލާނަން” ނައުރީފް ވިދާޅުވިއެވެ.

ނައުރީފް ވިދާޅުވީ މެދުނުކެނޑި ޕްލާންޓްފެން ލިބޭނެގޮތެއް ހަމަޖެއްސުމަށް އޭދަފުށީ އިންޖީނުގެއާ މަޝްވަރާކުރާނެކަމަށާ، ބޭނުމަކީ ވިއްސާރަނޫން މޫސުމުގައި ބޭނުންވާއިރަށް ފެންހެދޭނެގޮތެއް ހަމަޖެހުންކަމަށެވެ.

ސުނާމީއާ ގުޅިގެން އޭދަފުށީގައި 2005 ވަނައަހަރު ފެންޕްލާންޓް ބަހައްޓައި މަދުމަދުން އާންމުންނާ، އެކިއެކި ކުންފުނިތަކަށް ވަކިއުސޫލަކުން ޕްލާންޓްފެން ދޫކޮށްފައިވެއެވެ. ނަމަވެސް ފެން ޕްލާންޓްގެ މައްސަލަޖެހި ފެން އުފެއްދުން މަޑުޖެހިފައި އޮންނަތާ މިހާރު އަހަރަކަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top