މާލެއިން ރ.އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއް އަޑިއަށް

large_168559289137rYpM.jpeg

އަޑިއަށްދިޔަ އާލާ ބޯޓު

މާލެއިން ފުރައިގެން 15 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ރ.އަތޮޅާއި މާލެއާ ދެމެދު މުދާ އުފުލާ ރ. މަޑުއްވަރީ ”އާލާ“ ބޯޓު ދިޔަވެ، އަޑިއަށް ހިނގައްޖެ އެވެ.

މި ހާދިސާ ހިނގިއިރު ބޯޓު އޮތީ އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލުގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވި އެވެ.

ބޯޓު އަޑިއަށް ގޮސްފައި ވަނީ ރާޅެއް އަރައި ބޯޓު ދިޔަވެގެންނެވެ.

އެމްއެންޑީއެފް އިން ބުނީ މޫސުން ގޯސްވުމާއެކު ކަނޑުތައް ގަދަވެ، މި ބޯޓަށް ދިޔަވަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ ފަތިހު 05:22 ހާއިރު ކަމަށެވެ. މައުލޫމާތު ލިބުމާއެކު، އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބޭރުގައި އޮތް މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭދަފުށީގައި އޮންނަ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސް ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.

އާލާ ބޯޓުގެ ބޮޑުބައި އަޑީގައި –ފޮޓޯ: އެމްއެންޑީއެފް

އާލާ ބޯޓުގައި ތިބި 15 މީހުން މިހާރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސް ގައި މިހާރު ވަނީ އޭދަފުއްޓަށް ގެނެސްފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ޅ.މާފިލާފުށިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވެސް އަންނަނީ އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top