ކެންސަރު ދުވަހާ ގުޅިގެން އަތޮޅު ހޮސްޕިޓަލް ރިސޯޓްތަކަށް

image-0-02-05-739c2f1f0459162e8d8bfcbf4e8f562d95c6601a42133a4487d9bfdd9c90608e-V.jpg

ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން ބ. އަތޮޅު ހޮސްޕިޓަލުން އަތޮޅުގެ ބައެއް ރިސޯޓްތަކުގައި ހޭލުންތެރިކަމުގެ ޕްރޮޤްރާމްތަކެއް ހިންގަން ފަށައިފިއެވެ.

ދުނިޔޭގެ ކެންސަރު ދުވަހަކީ 4 ފެބުރުވަރީއެވެ. ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ދުވަހާ ގުޅިގެން ހޭލުންތެރިކަމުގެ ޕްރޮޤްރާމްތައް ކުރިޔަށްގެންދާ ރިސޯޓްތަކަކީ ޑުސިޓްތާނީ މޯލްޑިވްސް އާއި ސޮނެވާ ފުށި ރިސޯޓް ކަމަށެވެ. އެގޮތުން އިއްޔެ ޑުސިޓް ތާނީ މޯލްޑިވްގައި އެރިސޯޓްގެ މުވައްޒަފުންނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ހަވީރެއް ބޭއްވުނުކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

އެގޮތުން މައުލޫމާތުދިނުމާ، ރިސޯޓްގެ މުވައްޒަފުންނާ، ހޮސްޕިޓަލްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމުގެ ފުޓްބޯޅަ 2 މެޗް ކުޅެވުނުކަމަށް ހޮސްޕިޓަލްގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ސިދުގީ އަބްދުﷲ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސޮނެވާފުށީގައި ކުރިޔަށްގެންދާ ޕްރޮޤްރާމް ޝެޑިއުލް ކުރެވިފައި އޮތީ މާދަމާއަށްކަމަށެވެ.

ސިދުގީ ވިދާޅުވީ ރިސޯޓްތަކުގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށާ، ސްޓާފުންނަށްވެސް މިއަދު ހެނދުނު ކެންސަރަށް ހޭލުންތެރިވުމާބެހޭ މައުލޫމާތު ދެވުނުކަމަށެވެ.

ސިދުގީ ވިދާޅުވީ ކެންސަރު ބައްޔަކީ ރާއްޖޭގައި ފަހަކަށް އައިސް ވަރަށް އާންމުބައްޔަކަށް ވެފައިވާކަމަށާ، މިކަމަށް ބ. އަތޮޅުގެ ރައްޔިތުން ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރައްވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top