ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމުމަށާއި ޚަރަދު ކުޑަކުރަން އަންގައިފި

D-E5ph8XsAEaYze.jpg

ފިނޭންސް މިނިސްޓަރު އަމީރު އަދި ރައީސް ސޯލިހު- ފޮޓޯ : ފިނޭންސް

ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނޫނީ އިތުރު ގަޑީގައި މަސައްކަތް ނުކުރުމަށާއި ސަރުކާރު އޮފީސްތަކުން ޚަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި އިއްޔެ ސަރުކާރު އޮފީސްތަކަށް ފޮނުއްވި މާލިއްޔަތާ ބެހޭ ސާކިއުލާގައި އިތުރަށް ބުނެފައިވަނީ އާ މަގާމުތައް އުފެއްދުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މަޑުޖައްސާލައި މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ތައްޔާރުކޮށްފައިވާ ވިސްނުންތަކާ އެއްގޮތަށް ބަޖެޓު ތަންފީޒު ކުރުމަށާއި ހަރަދުތައް ކުރެވޭ ގޮތް ރަނގަޅުކުރުމަށް މިއަދުން ފެށިގެން ފިޔަވަޅުތަކެއް އަޅަން އަންގާ ކަމަށެވެ.

ސާކިއުލާގައި ބުނާ ގޮތުން ބަޖެޓުގައި ހިމަނާފައި ވީނަމަވެސް މިހާރު ދޭން ފަށާފައިނުވާ އާ އެއްވެސް އެލަވަންސެއް ފިނޭންސްގެ ހުއްދަ ނެތި އަހަރު ތެރޭގައި ދޭން ނުފެށުމާއި ފިނޭންސްގެ ހުއްދަ ނެތި މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ އެއްވެސް މަގާމެއްގެ ނަމަަށް، ރޭންކަށް އަދި މުސާރަ އާއި އިނާޔަތްތަކަށް ބަދަލެއް އަންނާނެ ފަދަ ކަމެއް ކުރިއަށް ގެންގޮސްގެން ނުވާނެ އެވެ.

އޮފީސް ހިންގުމުގެ ބޭނުމަށް ކޮންމެހެން ހޯދާ ތަކެއްޗާއި ހިދުމަތުގެ ތެރެއިން 35،000 ރުފިޔާއިން ކުޑަ ޕްރޮކިއުމަންޓްތައް ކުރިއަށް ގެންދެވޭނީ ބަންޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސަސް ފޯމު މެދުވެރިުކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު އެވެ. އަދި 35،000 ރުފިޔާއިން މަތީގެ ޕްރޮކިއުމަންޓްތައް ކުރިއަށް ގެންދިއުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ޖެހެއެވެ.

ސާކިއުލާގައި ބުނީ ކައުންސިލްތަކުންވެސް ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމޭނެ ގޮތަކަށް މަސައްކަތްތައް ރޭވުމާއި ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނޫނީ އިތުރު ގަޑީގައި މަސައްކަތް ނުކުރުމަށް އަންގަވާފައިވެ އެވެ. އަދި ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ފައިސާއިން ހަރަދު ކުރުމުގައި ސާކިއުލާގައިވާ ކަންކަމަށް ރިއާޔަތްކޮށް ހަރަދުތައް ބައްޓަންކުރުމަށާއި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަރަދުތައް ހަމަޖެއްސުމަށް ސާކިއުލާގައި އެދިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top