ބީއެމްއެލް އިން ދަރިވަރުންނަށް ދޫކުރާ ލޯނުގެ ރޭޓް %5 އަށް ދަށްކޮށްފި

img_md_202301100303211673345001.5266.jpeg

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ކާލް ސްޓުމްކާ / ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ކިޔަވާ ލޯނާއި, ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް %5 އަށް ދަށްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ އިންޓްރެސްޓް އަދި ފައިނޭންސިން ރޭޓަށް ގެނައި ބަދަލާއެކު، މިހާރު ލޯނާއި ފައިނޭންސިން ނަގާފައިވާ މީހުންނަށް ފައިސާ އަނބުރާ ދައްކައްޖެހޭ މުއްދަތު އޮޓަމެޓިކުން ކުޑަވާނެ ކަމަށެވެ. އަދި މިހާރު ނަގާފައިވާ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީތަކަށް ވެސް ނަގާނީ ކުޑަ ކުރި އިންޓަރެސްޓް ރޭޓެވެ.

ކިޔަވާ ލޯނުގެ އިންޓަރެސްޓު ރޭޓަށް ބަދަލު ގެންނަން ނިންމީ ވަރަށް ގިނަ ބެލެނިވެރިންނާއި ކިޔަވާ ކުދިންގެ ފަރާތުން އެ ލޯނުގެ އިންޓަރެސްޓު ރޭޓު މުރާޖާ ކުރުމަށް އެދެމުން ދިޔުމުގެ ސަބަބުންނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ކިޔަވާ ލޯނަށް ގެނެވުނު ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ވެސް ފަސޭހައިން ފަންޑިންގ ހޯދުމުގެ ފުރުސަތު ފަހިކޮށްދެވޭ ކަމީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.

ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގ މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީއާއި ދިރިއުޅުމުގެ ޚަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ %75 އާ ހަމައަށް ފައިނޭންސް ލިބޭނެއެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top