ކެންދޫ ކުނިކޮއްޓަށްޖަމާކޮށްފައިހުރި ފަނާނުވާ ޒާތުގެ ކުނިތައް ، ވެމްކޯއިން ތިލަފުއްޓަށް ގެންގޮސްފި

kkh-1.jpg

ކެންދޫގައި ހުރި ނައްތާނުލެވޭ ޒާތުގެ ކުނިތައް ވެމްކޯ ވެހިކަލްއަކުން އިއްޔެ ނަގަނީ. އެރަށުގައި ހުރި ހުރިހާ ކުންޏެއް އިއްޔެގެ ނިޔަލަށް ވަނީ ބޭރުކޮށްފައި / ފޮޓޯ: ކެންދޫ ކައުންސިލް

ބ. ކެންދޫ ކުނިކޮއްޓަށް ޖަމާވެފައިހުރި ފަނާނުވާ ޒާތުގެ ހުރިހާ ކުންޏެއް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ތިލަފުއްޓަށް ގެންގޮސްފިއެވެ.

ކެންދޫ ކައުންސިލުން ބުނީ މިދިޔަ ހަތަރުވަރަކަށްދުވަހު ވެމްކޯއިން އެރަށުގައި ކުރިޔަށް ގެންދިޔަ މިމަސައްކަތުގެ ދަށުން 4 ބާޖުގެ ކުނި އެރަށުން ބޭރުކޮށްފައިވާ ކަމަށެވެ. ކެންދޫ ކައުންސިލްގެ މެމްބަރ އިބްރާހީމް އަބްދުއްރަހްމާން އީވީއަށް ވިދާޅުވީ މިއީ ކެންދޫގައި މިދިޔަ ހަތަރުވަރަކަށް އަހަރު ތެރޭގައި ޖަމާވެ، ނައްތާނުލެވި ހުރި ކުނިކަމަށެވެ. އޭނާ ވިދާޅުވީ މިމަސައްކަތް ކުރެވުމުން ކައުންސިލަށް ހަމަޖެހުމުގެ ނޭވާއެއް ލެވިފައިވާކަމަށެވެ.

“ވަރަށްބޮޑު ފުންޏެއް ހުރި. އަޅުގަނޑުމެން ވަރަށްބޮޑަށް މަސައްކަތް ކުރިން ކުރިންވެސް މިކަން ވޭތޯ. އެހެންނަމަވެސް ނެވި. ކޮށްދޭނެ އެއްވެސް ބަޔަކު ނުވި. މިހާރު ވެމްކޯއާއެކު އެއްބަސްވުމެއް ހެދިގެން އިރާދަކުރެއްވިއްޔާ ދެންދާނީ ކުރިޔަށް.”

އިބްރާހީމް ވިދާޅުވީ ކުނިތައް ބޭރުކުރުމުން އެރަށު ކުނިކޮށްޓަށް މިވަގުތު ދިމާވެފައިވާ ކުނީގެ ބޮޑު މައްސަލަ ހައްލުވާނެކަމަށާ، ކުރިޔަށް އޮތްތަނުގައި ވެމްކޯއާ ގުޅިގެން ކުނި ގިނަވުމުގެ ކުރިން ރަށުން ބޭރުކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.

ކެންދޫ ކައުންސިލުން ވަނީ މިދިޔަ މަހުން ފެށިގެން އެރަށުގެ ގޭގޭގައި އުފެދޭ ކުނި ގޭގެއިން ނަގައި ކުނިކޮއްޓަށް ގެންދިއުމުގެ ހިދްމަތްވެސް ދޭންފަށާފައެވެ. އިބްރާހީމް ވިދާޅުވީ ގޭގެއިން ކުނި ނެގުމުގެ ހިދްމަތް މިވަގުތު ދެމުން އަންނަނީ ކައުންސިލުން ބޭނުންކުރާ ގާޑިޔާތަކެއްގައިކަމަށެވެ. ނަމަވެސް އެހިދްމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރިއެވެ.

“ޕިކަޕެއް ހޯދުމުގެ މަސައްކަތް މިހާރު މިދަނީ ކުރިޔަށް. ކައުންސިލުން އިޢުލާންވެސް ކޮށްފިން ޕިކަޕެއް ހޯދަން. އެހެންނަމަވެސް ބައެއް ދަތިތައް ކުރިމަތިވެފައި ހުރުމުގެ ސަބަބުން އަދި ޕިކަޕް ލިބޭވަރެއްނުވޭ”

ކެންދޫގައި އުފެދިފައިހުރި ފަނާނުވާ ޒާތުގެ ކުނި ތިލަފުއްޓަށް ގެންދިޔައިރު ބ. އަތޮޅު ބައެއް ރަށްރަށުގައިމިބާވަތުގެ ކުނީގެ ފުނިތައް ދަނީ ބޮޑެތިވަމުންނެވެ.

ބާރަސަތޭކައަށްވުރެ ބޮޑު އާބާދީއެއް އޮތް ކެންދޫގައިސަރުކާރުންވަނީ ވަރަށް ފަހުން އާކުނިކޮއްޓެއް އަޅާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top