ސަރުކާރުން ގެންނަ ތަރައްގީއަކީ ދައްކަން ޖެހޭނެ ވާހަކައެއް : އެމްޕީ ސަލީމް

DSCN0821.jpg

ރައީސް ޔާމީންގެ ސަރުކާރުން ގައުމަށް ގެންނަމުންދާ ތަރައްގީގެ ވާހަކައަކީ ދައްކަން ޖެހޭނެ ވާހަކައެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު ވިދާޅުވެއެޖެއެވެ. ސަލީމު މިހެން ވިދާޅުވީ އެންމެ ގާތުން ކެމްޕޭންގައި ރޭ މެޑަމް ފާތުންނާއެކު ކުޅުދުއްފުށީގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

“މިވާހަކަތައް އެބަ ޖެހޭ ދައްކަން، އެކަމާހުރެ އެމީހުން އެހަސަދަވެރިވަނީ. ކުރެވޭ މަސައްކަތްތައް އިތުރުވެގެންދާތީ، ގެނެވޭ ތަރައްގީތައް އިތުރުވެގެންދާތީ ” ސަލީމް ވިދާޅުވި އެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ސަލީމު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ނުހިންގާވަރުގެ ބޮޑެތި ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން ހިންގާފައިވާ ކަމަށެވެ.

ސަލީމުގެ ވާހަކަ ކުރިއަށް ގެންދަވަމުން އިދިކޮޅު ފަރާތްތަކަށްވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އިދިކޮޅު ހަތަރު ލީޑަރުން ވެގެން ކުރާ މަސައްކަތަކީ ސަރުކާރުގެ ތެރޭގައި ފިތުނަ އުފައްދައި ބައިބައިކޮށްލުން ކަމަށާ އެކަން ކާމިޔާބު ނުވާނެ ގޮތަށް ޕީޕީއެމް އިން މަސައްކަތް ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ހަމަ މިއާއެކު އިދިކޮޅުން އެއްކެންޑިޑޭޓެއް ނެރެން އުޅޭ ވާހަކައަށްވެސް އޭނާ އަލި އަޅުވާލައްވަމުން އެއީ  އެއީ ކިހިނެއްވާނެކަމެއް ކަމާމެދު އޭނާ ސުވާލު އުފެއްދެވިއެވެ.

“އެއީ ކުރެވޭނެ ކަމެއް ނޫން، ނަޝީދު ބޭނުންވާނީ އޭނާ ވެރިކަމަށް އަންނަން، ދެން ތިބި ފަރާތްތަކުން ބޭނުންވާނީ އެބޭފުޅުންގެ ކޮންމެސް ބޭފުޅަކު ވަޑައިގަންނަވަން، އެހެންވީމަ އެކަމުގައި އެއްގަލަކަށް ނޭރޭނެ،” ސަލީމް ވިދާޅުވި އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top