ބ.އަތޮޅުން ފުރައިގެން ތިލަފުއްޓަށް ދަތުރު ކުރި ދޯންޏެއް ފަރަކަށް އަރައިފި

zyNhguid7kbyVyFokpPzO8y32z4S2t7eED72Co4Z.jpeg

ފަރަށް އަރާފައިވާ "ނޫމަސް" ދޯނި (ފޮޓޯ: އެމްއެންޑީއެފް)

ބ. އަތޮޅުން ފުރައިގެން ތިލަފުއްޓަށް ދަތުރުކުރި “ނޫމަސް” ނަމަކަށް ކިޔާ ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ، ދިވެސަކާއި ދެ ބިދޭސީން ނާއެކު ދަތުރު ކުރަމުން ދިޔަ މިދޯނި ތިލަފުށީ އުތުރު ނެރު ކައިރިއަށް ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑް ސްކޯޑްރަންގެ ޑައިވަރުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 05:46 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދުގެ މޫސުން ގޯސް ދުވަސްވަރަކަށްވާތީ، ކަނޑުދަތުރު ކުރެއްވުމުގައި ސަމާލުވުމަށް މެޓްއޮފީހުންނާއި، ސިފައިންނާއި، ފުލުހުން ގެންދަވަނީ ތަކުރާރުކޮށް އިރުޝާދު ދެއްވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top