ރާއްޖޭގައި މުވާސަލާތުގެ ޚިދުމަތް ދޭ އެންމެ ދުވަސްވީ ކުންފުނި، ދިރާގުން ފައިބަރ ބްރޯޑްބޭންޑްގެ އާ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބާ ކޭބަލް އެއް އަޅާފައިވާ އިމާރާތްތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ރައުޓާ ވެސް ލިބިގެންދާނެ ކަމަށެވެ.
އިއްޔެއިން ފެށިގެން އަންނަ އޮގަސްޓްމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ދިރާގު ފައިބާ ކޭބަލެއް ނެތް އިމާރާތްތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން %50 ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.
ދިރާގުން އިތުރަށް ބުނީ ފައިބާ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި އަދި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ހިމެނޭ ކަމަށާއި އެގޮތުން، ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތުން ފޯރުކޮށްދޭނެ ކަމަށެވެ.