ސްޓާރ ޕްލަސް އިން ގެނެސްދޭ ”އިޝްގު ބާޒް “ގެ އެއް އެކްޓްރެސް ސަރްބީ ޗަންދްރާ (އަނީކާ )ޝިވާއޭ ނަކުލް މެހެތާ (ޝިވާއޭ) އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފިއެވެ.
އާއިލީ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ މި ޑްރާމާގައި ނަކުލް( ޝިވާއޭ) އަކީ ސަރްބީ (އަނީކާ )ގެ ފިރިމީހާއެވެ.
އިންޑިއާ ފޯރަމް އަށް ދިން އިންޓަވިއުއެއްގައި ސަރްބީ ބުނީ އޭނާގެ ކެރިއަރ ނެގެހެއްޓުމުގެ ގޮތުން އެންމެ ބޮޑަށް އެހީތެރިވަނީ ނަކުލް ކަމުގައެވެ. އިޝްގްބާޒް ފެށިގެން މި ހާތަނަށް އަހަރެއް ވެގެން އައިއިރުވެސް އޮން ސްކްރީންގައި އޭނާ ފެންނަގޮތާއި އަދާކުރާ ރޯލް ފޭނުން ގަބޫލު ގޮތަކަށް އެކްޓް ކުރެވިފައިވާނަމަ އެކަމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ ވެސް ނަކުލް އަށް ކަމުގައެވެ.
“ނަކުލްއަކީ ވަރަށް މޮޅު އަދި ތަޖްރިބާ ހުރި އެކްޓަރެއް. އޭނާ ކަހަލަ މޮޅު އެކްޓަރަކާއެކު އަންތްބެއްގެ ބައި އަދާކުރަން ލިބުމަކީ އަހަރެންގެ ހެޔޮ ނަސީބު. ” 29 އަހަރުގެސަރްބީ ބުންޏެވެ.
އިޝްގްބާޒް އިން ޓެލެޑްރާމާގެ ދުނިޔެއަށް ފުރަތަމަފިޔަވަޅު އެޅި ސަރްބީ ބުނީ ނަކުލް އާއެކު މިހާބޮޑު ރޯލެއް އަދާކުރަން ލިބުމުން ކުރިން ހުރީ ބިރުން ނަމަވެސް ނަކުލްގެ އެހީތެރިކަމާއެކު މި އާ ދުނިޔެއަށް ވަރަށް ބޮޑަށް ފަރިތަވެއްޖެ ކަމުގައެވެ. އަދި ކޮންމެ ރޯލެއްވެސް އަދާކުރެވިދާނެކަމުގެ ޔަގީންކަން މިހާރު އެބަ އޮތް ކަމުގައެވެ.