އަޝްފާ ލަވަކިޔަމުން އެކްޓިން ދާއިރާއަށް.

20200907_120451-850x548.jpg

ދިވެހި ލަވަކިއުންތެރިޔާ އަދި ތޭރަވާގެ ނަމުން ދިވެހި ލަވަކިއުންތެރިންގެ ތެރޭގައި މަޝްހޫރުވެފައިވާ މުހައްމަދު އަބްދުލްޣަނީގެ އަންހެނުން މަރްޔަމް އަޝްފާ، އެކްޓިން ދާއިރާއަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

އަޝްފާގެ ލަވަތަކަކީ ގިނަ ބަޔަކަށް މަގުބޫލު ލަވަތަކަކަށް ވާއިރު އެކްޓިންގެ ދާއިރާއިން ވެސް އޭނާއަކީ ހުނަރުވެރި ފަންނާނަކަށް ވާނެ ކަމަށް ގިނަ މީހުން ގަބޫލު ކުރެއެވެ.

އަޝްފާ އެކްޓިންގ ދާއިރާ އަށް ވަންނަނީ ޑާކް ރެއިން އެންޓަޓެއިންމަންޓަށް ސްކްރީން ރައިޓަރު އަހުމަދު ޒަރީރު ލިޔެ، ޑައިރެކްޓްކުރާ ފިލްމު “ބީވީމާ” އިންކަމަށް މީޑިޔާ ތަކުން ބުނެއެވެ.

އަޝްފާގެ އިތުރުން ދެން މި ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެން ދަނީ އަލަށް މިދާއިރާއަށް ތަޢާރަފްވާ އާދަމް ޒިދާން (ނާނަ) އެވެ. އޭނާއަކީ ވެސް ލަވަކިޔުންތެރިއެކެވެ. އޭގެ އިތުރުން ނާނަ އަކީ ޑާކްރެއިންގެ ފިލްމުތަކުން ފެނިފައިވާ އަމާން ގެ ފިރިހެން ކޮއްކޮ ވެސް މެއެވެ.

އިތުރު ތަރިންގެ ތެރޭގައި އައިމިނަތު ރަޝްފާ (އާޝާ) އާއި އިސްމާއިލް ރަޝީދު(ކޮޕީ އިއްސެ) ވެސް ހިމެނެ އެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top