އޭދަފުށި: ކޮވިޑްގެ ހާލަތު އެންމެގޯސް ފަސްރަށުގެ ތެރޭގައި

DSCN0023.jpg

އޭދަފުށި. -އީވީ ފޮޓޯ

ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސް ފަސް ރަށުގެ ތެރޭގައި އޭދަފުށި ހިމެނޭކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

އެސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިހާރުގެ ހާލަތަށް ބަލާއިރު އަތޮޅު ތެރޭގައި ކޮވިޑްގެ ކޭސްތައް ގިނަ ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގައި ކޮވިޑް-19 ޖެހިފައި 749 މީހުން އެބަތިބި ކަމަށާއި  މޮނިޓަރިންގެ ހާލަތުގައި 21 ރަށެއް އޮތްއިރު، ބައެއް ރަށްރަށުގައި ކޭސްތައް މަދުނުވެ އިތުރުވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެއީ އޭދަފުށީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ، ދ. ކުޑަހުވަދޫ، ނ.މާފަރު، ތ.ވިލުފުއްޓެވެ.

އަފްޒަލް ވިދާޅުވީ، މި ރަށްރަށުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެގޮތުން ކުރިއަށް އޮތީ ސްކޫލް ބަންދު ޗުއްޓީ ކަމުން ދަތުރުފަތުރު ކުރުމުގައި ކޮވިޑްގެ ހާއްސަ ފިޔަވަޅުތަކަށް ސަމާލުކަން ދޭން ޖެހޭކަމަށް އަފްޒަލް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top