ކިހާދޫ ރައްޔިތުން ރޯދައަށް ބޭނުންވީ ކާށި : ކިހާދޫ ކައުންސިލް

21730917_1449336145114007_6271808674854194505_n.jpg

ކިހާދޫ -ފޮޓޯ : ކިހާދޫ ލައިވް

ކިހާދޫ ރައްޔިތުން ރޯދަ ހަދިޔާއަކަށް ކައުންސިލުގެ ފަރާތުން އެދުނީ ކާއްޓަށް ކަމަށް ކިހާދޫ ކައުންސިލުން ބުނެފިއެވެ.

އެހެންވެ މި އަހަރުގެ ރޯދަ ހަދިޔާއަކަށް ކިހާދޫ ރައްޔިތުންނަށް ކޮންމެ ގެއަކަށްވެސް ދިހަ ކާށި ދިނުމަށް ނިންމައި އެކަން ރޯދަމަހުގެ 15 އާ ހަމައަށް ކުރިއަށް ގެންދާނެކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފަޒީލް ވިދާޅުވީ ކާށި ދޫކުރުމުގައި ވަކި އުމުރަކަށް ނުބަލާނެކަމަށާއި އެ ރަށުގެ ރަޖިސްޓްރީގައި ހިމެނޭ 487 މީހުންނަށް ވެސް އެ ހަދިޔާ ލިބޭނެ ކަމަށެވެ.

“ރައްޔިތުންގެ ރުއްތަކުން ކާށި ހޮވައިގެން ކައުންސިލަށް ދެއްކުމަށްފަހު ގެންދަންވީ. ” ފަޒީލް ވިދާޅުވިއެވެ.

ރޯދަމަހަށް މަރުހަބާ ކިޔާއިރު ރަށްރަށުގެ ކައުންސިލްތަކުން ރައްޔިތުންނަށް ބޭނުންވާ ގިނަކަންތައްތަކެއް ދަނީ ކޮށްދެމުންނެވެ. އެގޮތުން ކާޑާއި ކަރަންޓްބިލް ދެއްކުންފަދަ ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަންކަމުގައި ރައްޔިތުންގެ ޖީބަށް ލުއި ކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top