ރޯދައާ ދިމާކޮށް ކައްކާ ގޭހުގެ އަގު ހެޔޮކޮށްފި

maldive-gas.jpg

ރޯދަމަހާ ދިމާކޮށް މޯލްޑިވް ގޭހުން ވިއްކަމުން ގެންދާ 10 ކިލޯގެ ލިކުއިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ނުވަތަ ކައްކާ ގޭސްފުޅީގެ އަގު، ހެޔޮ ކޮށްފިއެވެ.

”މޯލްޑިވް ގޭސް “ގެ ފަރާތުން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވީ މިހާރު 200 ރުފިޔާއަށް ވިއްކާ 10 ކިލޯގެ ގޭސްފުޅި، ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން ވިއްކަމުން ގެންދާނީ 50 ރުފިޔާ ހެޔޮކޮށް ކަމަށެވެ.

މައުމޫން ވިދާޅުވީ އަތޮޅުތެރޭގައި މޯލްޑިވް ގޭހުގެ ކަސްޓަމަރުންނަށްވެސް އަގުހެޔޮ ކުރި ރޭޓްގައި ގޭސް ލިބޭނެ ކަމަށެވެ.

އެގޮތުން އަތޮޅުތަކަށް ގޭސް ފޯރުކޮށްދޭ އެޖެންޓުންނަށް ގޭސް ވިއްކާނީ އެޖެންޓުންނަށް ގޭސް ފޯރުކޮށްދޭ އަގުގައި ކަމަށާއި ކަސްޓަމަރުންނަށް ގޭސް ވިއްކާއިރު އެޖެންޓުންވެސް ވިއްކަންޖެހޭނީ 50 ރުފިޔާ ހެޔޮކޮށެވެ.

މޯލްޑިވް ގޭސް އޭދަފުށީގައި ވިއްކަމުން ގެންދަނީ “ކިރިލި ޝާކިރު “އެވެ.

މައުމޫން އިތުރަށް ވިދާޅުވީ ކުރީގެ ސްޓޮކެއް އެޖެންޓުން އަތުގައި ހުރި ނަމަވެސް 50 ރުފިޔާ ހެޔޮކޮށް ވިއްކުމަށްފަހު ބަދަލު ހޯދުމަށްޓަކައި މޯލްޑިވް ގޭހަށް ހުށަހެޅުމުން، މައުލޫމާތު ކަށަވަރުކުރުމަށްފަހު އޭޖެންޓުންނަށް ފައިސާ ރީއިމްބާސް ކުރާނެކަމަށެވެ.

“250 ރުފިޔާއަށް ގޭސް ވިއްކާ ރަށެއް ނަމަ ރޯދަމަހު ގޭސް ގަންނަން ލިބެން ޖެހޭނެ އަގަކީ 200 ރުފިޔާ. އަގުހެޔޮ ރޭޓްގައި ގޭސް ނުލިބޭނަމަ އަޅުގަނޑުމެންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ،” މޯލްޑިވްސް ގޭހުގެ މާކެޓިންގް މެނޭޖަރު އައިމިނަތު މުހައްމަދު ސައީދު ވިދާޅުވިއެވެ.

ގޭސް އަގުހެޔޮ ކުރީ ރޯދަމަހަކީ ގޭހަށް އޮންނަ ޑިމާންޑް އިތުރުވާ މަހަކަށްވެފައި، އެހެން ހަރަދުތައް ވެސް ބޮޑު މަހަކަށް ވުމުން އެ ކުންފުނީގެ ކަސްޓަމަރުންނަށް އިނާޔަތެއް ދިނުމަށް ކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.

މޯލްޑިވް ގޭހުން ގޭހުގެ އަގު ހެޔޮ ކުރުމާއެކު ވިލާ ގޭހުންވެސް ވަނީ އެކުންފުނިން ވިއްކާ 10 ކިލޯގެ ލިކުއިޑް ޕެޓްރޯލިއަމް ގޭހުގެ އަގުން 50 ރުފިޔާ ހެޔޮކޮށްފައެވެ.

މޯލްޑިވް ގޭސް އިން ވަނީ މިދިޔަ އަހަރުގެ ރޯދަ މަހުވެސް  10 ކިލޯގެ ގޭސް ފުޅިއަކުން 25ރ. ހެޔޮކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top